އާލިއާ އާއި ރަންބީރަށް ލިބުނު އަންހެން ދަރިފުޅަށް ކިޔާ ނަން އިއުލާން ކޮށްލާނެ ވަގުތަކަށް އެ ދެމެފިރިންގެ ފޭނުންނާއި ދެ އާއިލާގެ މެންބަރުންނާއި ގާތް މީހުން ވެސް ތިބީ އިންތިޒާރުގަ އެވެ.
ބޮލީވުޑްގައި ގަދައަށް ފިޔަޖަހާ ތަރިން / ދެމަފިރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓަށް ކުއްޖަކު ލިބުނީ މި މަހުގެ ހަވަނަ ދުވަހު އެވެ.
މިހާރު ބުނެވޭ ގޮތުގައި އެ ދެމަފިރިންގެ އަލަތު ދަރިފުޅަށް ނަން ދޭނީ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރްގެ ނަމާ ވެސް ގުޅުވާލައިގެނެވެ. ބޮލީވުޑް ރިޕޯޓްތައް ވެސް މިހާރު އެހެން އެބަ ބުނެ އެވެ. އަދި ރިޝީއާ ނަން ގުޅުވާލަނީ ރިޝީ އަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި ކަމަށް ވެސް ބުނަމުން ދެއެވެ.
ރިޝީ މަރުވީ އެޕްރީލް 29، 2020 ގަ އެވެ. އާލިއާ ވިހެއީ ރިޝީ މަރުވި ހޮސްޕިޓަލް، ރިލައިންސް ފައުންޑޭޝަން ހޮސްޕިޓަލް ގަ އެވެ. ރިޝީގެ އަންހެނުން ނީޓޫ ވެސް ވަނީ އެއީ ހަނދާން އާ ކުރުމަށް ކަމުދާ ގޮތެއް ކަމަށް ބުނެފަ އެވެ. ބެލެވޭ ގޮތުގައި އެ އާއިލާގެ ދަރިފުޅަށް ކިޔާ ނަން މި ފަށާ ހަފުތާގައި އިއުލާން ކުރާނެ އެވެ.
މި ގޮތަށް ހަބަރުތައް ފަތުރާފައި ވާއިރު އާލިއާ އާއި ރަންބީރަށް ލިބުނު އަންހެން ދަރިފުޅަށް ކިޔާ ނަން އިއުލާން ކޮށްލާނެ ވަގުތަކަށް އެ ދެމެފިރިންގެ ފޭނުންނާއި ދެ އާއިލާގެ މެންބަރުންނާއި ގާތް މީހުން ވެސް ތިބީ އިންތިޒާރުގަ އެވެ.