ކޮންޓޭނަރު އުޅަނދުތަކުން 37,685.12 ފްރެއިޓް ޓަނުގެ މުދާ ކްލިއަކޮށް ދޫކޮށްފައިވާއިރު ޖެނެރަލް ކާގޯ އުޅަނދުތަކުން ދޫކޮށްފައިވަނީ 3,626.79 ފްރެއިޓް ޓަނުގެ މުދަލެވެ.

މާލެ ވިޔަފާރި ބަނދަރަށް މިދިޔަ ހަފުތާއެއްގެ ތެރޭ 41,311.91 ފްރެއިޓް ޓަނުގެ މުދާ ކްލިއަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެމްޕީއެލް އިން އާއްމުކުރި މިދިޔަ ހަފުތާގައި މުދާ ކްލިއަކުރި ހިސާބުތައް ދައްކާ ގޮތުން މަހުން މަހަށް މާލެ ވިޔަފާރި ބަނދަރަށް ކްލިއަ ކުރާ މުދަލުގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މި މުއްދަތުގައި އެންމެ ގިނައިން މުދާ ކްލިއަކޮށްފައިވަނީ ކޮންޓޭނަރު އުޅަނދުތަކުންނެވެ. އެގޮތުން ކޮންޓޭނަރު އުޅަނދުތަކުން 37,685.12 ފްރެއިޓް ޓަނުގެ މުދާ ކްލިއަކޮށް ދޫކޮށްފައިވާއިރު ޖެނެރަލް ކާގޯ އުޅަނދުތަކުން ދޫކޮށްފައިވަނީ 3,626.79 ފްރެއިޓް ޓަނުގެ މުދަލެވެ.
ހިސާބުތައް ދައްކާ ގޮތުން މި މުއްދަތުގައި ތިން ކޮންޓެއިނާ ވެސަލް އާއި ހަތް ގެނެރަލް ކާގޯ ވެސެލް ވަނީ މުދަލާއެކު ރާއްޖެ އައިސް މުދާ ކްލިއަކޮށްފަ އެވެ. އަދި ދެ ކޮންޓެއިނާ ވެސަލް ރާއްޖޭން ފުރާފައިވާއިރު ޖެނެރަލް ކާގޯ 10 އުޅަނދެއް ވަނީ ރާއްޖޭން ފުރާފަ އެވެ.
ބަނދަރުން މުދާ ދޫކުރި ކޮންސައިންމަންޓްތަކުގެ އަދަދަށް ބަލާއިރު، ޖުމްލަ 1,746 ކޮންސައިންމަންޓެއް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ކްލިއަކޮށްފަ އެވެ.
އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މުއްދަތުގައި 2,045 ޓީޔޫއެސްގެ މުދާ ވަނީ ބާލާފަ އެވެ. އަދި 1,184 ޓީޔޫއެސްގެ މުދާ ބޯޓަށް ބަރުކުރިއިރު، ދެބައި އެއްކޮށްލުމުން ޖުމްލަ 3,229 ޓީޔޫއެސް އަށް އަރަ އެވެ.