އެ ސިޓީގައިވާ ގޮތުން އެ ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސް އެވެ. މިސާލެއްގެ ގޮތުގައި އެ ސިޓީގައި ލިޔުއްވާފައި ވަނީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - ބ. އަތޮޅު އޮފީސް" އެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ދަށުން، މިއަދުން ފެށިގެން އަތޮޅު ކައުންސިލްތައް އުވުމާ އެކު، އެ ކައުންސިލުތަކުގެ ޒިންމާތައް އަދާކުރަން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ދަށުން ކޮންމެ އަތޮޅަކަށް އަތޮޅު އޮފީހެއް އުފައްދަން ނިންމައިފި އެވެ.
އަތޮޅު ކައުންސިލްތައް އުވުމާ އެކު އެ ތަންތަނަށް ކިޔާނެ ނަމާއި އެ ކައުންސިލްތަކުގައި ތިބި މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތާ ގުޅޭ ގޮތުން އެލްޖީއޭއިން ފޮނުވި ސިޓީގެ ޖަވާބުގައި، ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ހިދުމަތްތައް އިދާރީ ދާއިރާތަކުގައި ދިނުމަށް ގާއިމްކުރާ އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި އެ ތަންތަނަށް ބޭނުންކުރުމަށް ފެނިވަޑައިގަންނަވާ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
އެ ސިޓީގައިވާ ގޮތުން އެ ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސް އެވެ. މިސާލެއްގެ ގޮތުގައި އެ ސިޓީގައި ލިޔުއްވާފައި ވަނީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - ބ. އަތޮޅު އޮފީސް" އެވެ.
އަތޮޅު ކައުންސިލްތަކުގެ އުމުރު މިއަދަށް ހަމަވެ، އެ ކައުންސިލްތައް މިހާރު އުވިފައިވާއިރު، އެ އިދާރާތަކުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް، ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ކަންކަން ހަމަޖެއްސުމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.