ވަތަނީ ހިދުމަތުގެ ދެވަނަ ބެޗު ތަމްރީން ފުރިހަމަކޮށްފި

މި އަހަރުގެ 31 ޖެނުއަރީން 16 މެއިއަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގެ 112 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވި އެވެ.

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ކޯސް-2 ގެ ދަރިވަރުން.--

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ކޯސް-2 ގެ ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

އެ ކަމަށް ޓަކައި މިއަދު އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރު، ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.

މި އަހަރުގެ 31 ޖެނުއަރީން 16 މެއިއަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގެ 112 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވި އެވެ. އޭގެތެރޭގައި، 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ބައިވެރިވިއިރު، މި ކޯހުގައި ދަސްވެނިވި ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރެވެ.

މި ޕްރޮގްރާމްގައި، ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި، ލޭންގުއޭޖް ޕްރޮފިޝަންސީއާއި، ލީޑަޝިޕާއި، އިސްލާމިކް ސްޓަޑީސްއާއި، ފިޒިކަލް ޓްރޭނިންއާއި، ވޯޓާމަންޝިޕާއި، ޑްރިލްއާއި، ފަސްޓް އެއިޑާއި، ފަޔާ ފައިޓިންއާއި، ސެލްފް ޑިފެންސް އަދި ކޭމްޕް އެކްޓިވިޓީސް އުނގަންނައިދީ ހުނަރުތައް ދަސްކޮށްދީފައި ވެ އެވެ. 

14 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، 343 ދަރިވަރުން ވަނީ ދަސްވެނިވެ، ސެޓިފިކެޓް 3 އިން ސިވިކް އެޑިޔުކޭޝަން އެންޑް ލީޑަޝިޕް އެވޯޑް ހާސިލުކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން އަދި ދަރިވަރުންގެ ޢާއިލާތަކުގެ މެންބަރުން ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތް ކުރެއްވި، ސާޖަންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީގެ ހަނދާނުގައި، އެއް މިނެޓްގެ ސުކޫތެއް ގެނެސްފައިވެ އެވެ.

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިން ޕްރޮގްރާމަކީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ، ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ، ޒިންމާދާރު ދިވެހި ރައްޔިތެއް ބިނާކުރުމުގެ މަގުސަދުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންނެގުވުމުގެ މަތިން ތައާރަފުކުރި ތަމްރީން ޕްރޮގްރާމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.