ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓަައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ އެމަގާމުން ޝަމްހޫޒާ ވަކިކޮށްފައިވާކަން އިއުލާނުކޮށްފަ އެވެ. ނަމަވެސް ވަކިކުރި ސަބަބު ހާމައެއް ނުކުރެ އެވެ.

ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ޝަމްހޫޒާ އަހުމަދު ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓަައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ އެމަގާމުން ޝަމްހޫޒާ ވަކިކޮށްފައިވާކަން އިއުލާނުކޮށްފަ އެވެ. ނަމަވެސް ވަކިކުރި ސަބަބު ހާމައެއް ނުކުރެ އެވެ.
އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމަށް ޝަމްހޫޒާ އައްޔަންކުރީ ޑިސެމްބަރު 26، 2023ގަ އެވެ.
ޝަމްހޫޒާ މަގާމުން ވަކިކުރިއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ މަތީން މިދިޔަ މަހު އެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އެހެންވެ، އެ މަގާމަށް، ސްޓެލްކޯގެ ކުރީގެ އެމްޑީކަން ކުރެއްވި ހުސައިން ފަހުމީ ވަނީ އައްޔަނު ކޮށްފަ އެވެ.