އެ ރަސްމިއްޔާތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިހާބުވި މެމްބަރުން ވެސް ވަނީ އިގްރާރުގައި ސޮއިކޮށްފަ އެވެ.

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރެއްވި ކައުންސިލަރުން މިއަދު މަގާމުގެ ހުވާކުރައްވައިފި އެވެ.
މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު މިއަދަށް ހަމަވާއިރު، އާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގަ އެވެ.
އެ ރަސްމިއްޔާތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިހާބުވި މެމްބަރުން ވެސް ވަނީ އިގްރާރުގައި ސޮއިކޮށްފަ އެވެ.
މިފަހަރު ކައުންސިލްތަކަށް 681 މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވި 681 މެމްބަރުންނާ އެކު ދެ އިންތިހާބުގައި ޖުމްލަ 1،362 މެމްބަރުން ވަނީ ހޮވައިފަ އެވެ.
އެ އިންތިހާބުގައި ޕީއެންސީއަށް ކައުންސިލްތަކުން 280 ގޮނޑި އަދި އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނާއި މެމްބަރުންގެ ގޮނޑިތަކާއެކު، ޖުމްލަ 584 ގޮނޑި ލިބިފައިވެ އެވެ.
އިދިކޮޅު އެމްޑީޕީން ކައުންސިލްތަކުން ވަނީ މޭޔަރުގެ ފަސް ގޮނޑި އާއި ސިޓީ ކައުންސިލްގެ 41 ގޮނޑި އާއެކު ޖުމްލަ ލިބުނީ 563 ގޮނޑި އެވެ.