މުރަކަ އާލާކުރުމުގެ އެންމެ ބޮޑު ހަރަކާތް ބާއްވައިފި

މި ހަރަކާތުގައި 40 އަށްވުރެ ގިނަ ގައުމުގެ 300 އެއްހާ ބައިނަލްއަގުވާމީ މީޑިއާ މަންދޫބުން ބައިވެރިވި

ކުޑަގިރި ފަޅުތެރޭގައި އޮންނަ "ދޫނިޔާ ވްރެކް" ސަރަހައްދުގައި، ރާއްޖޭގައި މިހާތަނަށް ހިންގި މުރަކަ އާލާކުރުމުގެ އެންމެ ބޮޑު އެއް ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

ވިސިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ބާއްވާފައިވަނީ މިދިޔަ ބުރާސްފަތިަ ދުވަހު އެވެ.

މި ހަރަކާތުގައި އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންގެ ގޮތުގައި ރާއްޖެ ވަޑައިގެން އުޅުއްވާ 40 އަށްވުރެ ގިނަ ގައުމުގެ 300 އެއްހާ ބައިނަލްއަގުވާމީ މީޑިއާ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

"ދޫނިޔަރ ވްރެކް" މަޝްރޫއަކީ ވީއެމްސީ އާއި އެޗްޑީސީ ގުޅިގެން "ރީޖެނެރޭޓިވް ޓޫރިޒަމް" ނުވަތަ އިއާދަކުރަނިވި ފަތުރުވެރިކަމުގެ ދަށުން ފަށާފައިވާ މުހިންމު އިސްނެގުމެކެވެ.

ވީއެމްސީން ބުނީ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ކަނޑުގެ އަޑީގައި ފީނުމުގެ ތަފާތު ތަޖުރިބާއެއް ފޯރުކޮށްދިނުމާއި، ކަނޑުގެ ދިރުންތައް އާލާކުރުން ކަމަށައި މިގޮތުން، އެ ސަރަހައްދުގައި މަތިންދާބޯޓެއް ފައްތައި، ދިގު މުއްދަތަކަށް މުރަކަ އާލާކުރާ ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ހަރަކާތުގެ ތެރެއިން މީޑިއާ ސަމިޓުގެ ބައިވެރިން ދަގަނޑު ފްރޭމްތަކުގައި މުރަކަ ކޮޅުތައް ހަރުކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ވެސް ވީއެމްސީން ބުންޏެވެ.

މި ބޮޑު ހަރަކާތް ކުރިއަށް ގެންދިއުމުގައި އެޗްޑީސީގެ ޓީމުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވޮލަންޓިއާ ޑައިވް ޓީމުތަކުގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް ވީއެމްސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މިއީ ރާއްޖޭގެ ފަތުރުވެރިކަން "އެކްސްޕީރިއެންޝަލް" ނުވަތަ ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ އަދި ތިމާވެއްޓަށް ލޯބިކުރާ ފަތުރުވެރިކަމަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށާއި، ބައިނަލްއަގުވާމީ މީޑިއާތަކުގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެގެންދާނެ ކަމަށް ވެސް ވީއެމްސީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.