ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭ ގޮތުން އދ. އަށް ހުށަހެޅި ގަރާރު ރާއްޖޭން ކޯ-ސްޕޮންސާކޮށްފި

މި ގަރާރަކީ ހޮރްމޫޒު ކަނޑުއޮޅިއާއި, ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، މިނިވަންކަމާއެކު އުޅަނދު ފަހަރު ދަތުރުފަތުރުކުރުމުގެ ހައްގުތަކާއި ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ހުށަހަޅާ ފައިވާ ގަރާރެ

ހޮރުމޫޒް ކަނޑުއޮޅި ސަރަހައްދުނައި އުޅަނދުތައް ކިޔޫ ޖެހިފައި

ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން ގަލްފުގެ ގައުމުތަކުންނާއި ޖޯޑަން އިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ރާއްޖޭން ކޯ-ސްޕޮންސާ ކޮށްފި އެވެ.

މިއީ ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން ބަހުރައިން، ކުވައިތު، ޤަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އަދި ޖޯޑަން އިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރެކެވެ.

މި ގަރާރަކީ ހޮރްމޫޒު ކަނޑުއޮޅިއާއި, ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، މިނިވަންކަމާއެކު އުޅަނދު ފަހަރު ދަތުރުފަތުރުކުރުމުގެ ހައްގުތަކާއި ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ހުށަހަޅާ ފައިވާ ގަރާރެކެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ގަރާރު ރާއްޖޭން ކޯ-ސްޕޮންސާ ކުރަން ނިންމި ނިންމުމުގެ ސަބަބުން، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ހިމެނޭހެން ކަނޑުގެ ގާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ގާބޫލުކުރާ އުސޫލުތަކާއި، މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ހައްގު ދެމެހެއްޓުމާއި، އަދި ކަނޑުގެ ގާނޫނުގެ ދަށުން ރާއްޖެ ފަދަ، އާޗިޕެލަޖިކް ޤައުމުތަކަށް ލިބިގެންވާ ހާއްސަ ހައްގުތަކާއި އިހްތިސޯސްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.

މި ނިންމުން ނިންމާފައިވަނީ މި ގަރާރުގެ ސަބަބުން ރާއްޖޭގެ ގައުމީ މަސްލަހަތަށް، ނުވަތަ ކަނޑުގެ ސަރަހައްދީ އިހުތިސޯސަށް، ނުވަތަ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ޖަޒީރާ ގައުމުތަކަށް ލިބިގެންވާ ހައްގުތަކަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކަށް އަމަލުކުރަން ރާއްޖޭން އިސްތިސްނާވާ ގޮތުގެ މަތިން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ގަލްފުގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ, ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ އަދި ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް އިސްކަން ދިނުމަށް ރާއްޖޭން ދަނީ ބާރުއަޅަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.