ގޮންޖެހުން ބޮޑު، މިޔަރު ކަނޑު ހޮހަޅައިގެ ބޮޑު ބައެއް ސިފައިން ބަލައިފި

މިތަނަކީ އާއްމުކޮށް ޑައިވްކުރާ ސަރަހައްދުތަކަށްވުރެ ފުން ބައެއް ތަންތަން ހުރި ސަރަހައްދެކެވެ. އަދި މިވަގުތު މޫސުން އޮތް ގޮތުން ސިފައިންނަށް ވަނީ މި ސާޗް ޑައިވް ހިންގަން ގިނަ ގޮންޖެހުންތަކާ ކުރިމަިތވެފަ އެވެ.

ސިފައިން ހިންގަމުން ގެންދާ އޮޕަރޭޝަނާ ބެހޭ ގޮތުން ވާހަކަ ދައްކަވަނީ -- ޕީއެސްއެމް

އިޓަލީ ޓޫރިސްޓުން ގެއްލުނު ކަމަށް ބެލެވޭ ވ. މިޔަރު ކަނޑުހޮހޮޅަ އަށް ސިފައިންގެ ސާޗް ޓީމްއަކުން ޑައިވްކޮށް ބޮޑު ބައެއް ބަލައިފި އެވެ. 

އާއްމުކޮށް ފަން ޑައިވްކުރާ ޓޫރިސްޓުން ގޮސް އުޅޭ ހިސާބަށްވުރެ ފުން ސަރަހައްދުތައް ހިމެނޭ މި ނުރައްކާތެރި މިޔަރު ކަނޑުކޭވްގައި ތާށިވެފައި ތިބި އިޓަލީގެ ފަސް ޑައިވަރުންގެ ހަށިތައް ނެގުމަށް އެ ސަރަހައްދުގައި ސިފައިން ދަނީ ގޮންޖެހުން ބޮޑު އޮޮޕަރޭޝަނެއް ހިންގަމުންނެވެ. 

މި އޮޕަރޭޝަނާ ބެހޭ ގޮތުން ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ކޯސްޓް ގާޑުގެ ކޮމާޑަންޓް ކޯސްޓްގާޑް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ ފުރަތަމަ ބަލާފައިވަނީ ހޮޔާގޮސްފާނެ ކަމަށް ބަލައި މަތިންނެވެ. ނަމަވެސް ނުފެނުމުން އިއްޔެ ފީނައިގެން އެ ކޭވްގެ ބޮޑު ބައެއް ވަނީ ބަލާފަ އެވެ. 

"ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ކޭވްގެ ތެރޭގައި ވާނެ ކަމަށް ބެލެވޭތީ ވަރަށް ބޮޑު އެފަޓެއް އެބަލަން. މިތަނުގެ އެންޓްރެކްސް މި އިންނަނީ 60 މީޓަރު ހިސާބު. އެތެރެއަށް 200 އެއްހާ ފޫޓުގެ އަޑިއަށް ވަދެވޭ ގޮތަށް އިންނަ ކޭވްއެއް މިއީ. ފުން މިނުގައި ގާތްގަނޑަކަށް 70 މީޓަރު ހިމެނޭ،. އެހެންވެ ވަރަށް ކޮމްޕިކޭޓެޑް އޮޕަރޭޝަނެއްގެ ގޮތުގައި ފެންނަނީ،" ސަލީމް ވިދާޅުވި އެވެ. 

ސަލީމް ވިދާޅުވީ މޫސުން ހުރި ގޮތުން ގޮންޖެހުންތައް އެބަހުރި ކަމަށާ ނަމަވެސް މިއަދު ކޭވްގެ ހުރިހާ ސަރަހައްދެއް ބަލައި ފަށާނެ އެވެ. އަދި އިއްޔެގެ ޑައިވަށްފަހު ސާފޭސް އިންޓަވަލް ހަމަކުރަން ޖެހޭ ކަމަށާ އެހެންކަމުން މިއަދު މުޅި ކޭވްްއެއްކޮށް ބަލައި ނިމޭނެ އެވެ. 

އިޓަލީގެ ފަސް ޓޫރިސްޓުންނާއެކު ބުރާސްފަތި ދުވަހު މޫސުން ގޯސްވެ، މޫސުމީ ސަމާލު ނެރެފައިވަނިކޮށް ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުމިޔަރު ކޭވްއަށް ފީނި ހާދިސާގައި ފަސް ޓޫރިސްޓުންގެ ތެރެއިން އެކަކު މިހާތަނަށް ވަނީ މަރުވެފައި ވަނިކޮށް ފެނިފަ އެވެ. އަދި ބާކީ ތިބި ހަތަރު ޓޫރިސްޓުން ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. ފުންމިނުގައި ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) ހުންނާނެ ކަމަށް ބެލެވޭ މި ކަނޑުހޮހޮޅަ ސަރަހައްދަށް ޓޫރިސްޓުން ގޮވައިގެން ފީނި ސަބަބެއް ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. މިހާ ފުނަށް ފީނުމަކީ ރާއްޖޭގެ ރިކްރިއޭޝަނަލް ޑައިވިންގެ ގަވައިދުގެ ދަށުން ހުއްދަ ކަމެއްނޫނެވެ. ރާއްޖޭގައި ޓޫރިސްޓުން ގޮވައިގެން ފީނުމުގެ ހުއްދަ އޮންނަނީ 30 މީޓަރަަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.