މި ފިޔަވަޅު އެޅުމަށްފަހު ޓޫރިޒަމް މިނިސްޓްރީން ބުނީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އެންމެންގެ ޒިންމާއެއް ކަމަށެވެ.

އިޓަލީގެ ފަސް ޓޫރިސްޓުން ގޮވައިގެން ފީނި ސަފާރީގެ ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ހިފަހައްޓައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޓޫރިޒަމް މިނިސްޓްރީން ބުނީ 2010 ވަނަ އަހަރު ބަނދެފައިވާ "އެމްވީ ޑޫކް އޮފް ޔޯކް" ގެ ލައިސަންސް ހިފެހެއްޓީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
އެމްވީ ޑޫކް އޮފް ޔޯކް - އަކީ އައިލެންޑު ކްރޫޒް ޕްރައިވެޓް ލިމިޓެޑުން ދުއްވާ ސަފާރީއެކެވެ. މި ސަފާރީގެ ވެރިފަރާތަކީ އަބްދުލް މުހުސިން މޫސާ އާއި އިބްރާހިމް ރަޝީދު އެވެ. ދިގުމިނުގައި 36 މީޓަރު ހުންނަ މި ސަފާރީއަކީ 25 ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ފެންވަަރަށް ތަރައްގީކޮށްފައިވާ އުޅަނދެކެވެ.
މި ފިޔަވަޅު އެޅުމަށްފަހު ޓޫރިޒަމް މިނިސްޓްރީން ބުނީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އެންމެންގެ ޒިންމާއެއް ކަމަށާ. ގަވާއިދުތަކަށް ފުރިހަމަ އަށް އަމަލުކުރަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އިޓަލީގެ ފަސް ޓޫރިސްޓުންނާއެކު ބުރާސްފަތި ދުވަހު މޫސުން ގޯސްވެ، މޫސުމީ ސަމާލު ނެރެފައިވަނިކޮށް ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުމިޔަރު ކޭވްއަށް ފީނި ހާދިސާގައި ފަސް ޓޫރިސްޓުންގެ ތެރެއިން އެކަކު މިހާތަނަށް ވަނީ މަރުވެފައި ވަނިކޮށް ފެނިފަ އެވެ. އަދި ބާކީ ތިބި ހަތަރު ޓޫރިސްޓުން ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.
މިހާތަނަށް ސިފައިން ވަނީ ޑައިވްތަކެއް ކޮށްފަ އެވެ. ފުންމިނުގައި ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) ހުންނާނެ ކަމަށް ބެލެވޭ މި ކަނޑުހޮހޮޅަ ސަރަހައްދަށް ޓޫރިސްޓުން ގޮވައިގެން ފީނި ސަބަބެއް ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. މިހާ ފުނަށް ފީނުމަކީ ރާއްޖޭގެ ރިކްރިއޭޝަނަލް ޑައިވިންގެ ގަވައިދުގެ ދަށުން ހުއްދަ ކަމެއްނޫނެވެ. ރާއްޖޭގައި ޓޫރިސްޓުން ގޮވައިގެން ފީނުމުގެ ހުއްދަ އޮންނަނީ 30 މީޓަރަަށެވެ.