ސިފައިން ނުރައްކާތެރި ސާޗް ޑައިވްއަށް | ރައީސް އޮޕަރޭޝަން ހިންގާ ސަރަހައްދަށް

ރައީސް އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި ވ. އަތޮޅުގައި އިއްޔެ ހިނގި ހިތާމަވެރި ޑައިވިން ހާދިސާއާ ގުޅިގެން، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ އަށާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ރައްދުކުރައްވާ ކަމަށެވެ.

ރައީސް އޮޕަރޭޝަން ހިންގާ ސަރަހައްދަށް ދާން ސިފައިންގެ ލޯންޗަށް ވަޑައިގަތުމުން މައުލޫމާތު ދެނީ -- ޕީއެސްއެމް

ދިވެހި ސިފައިންގެ ޑައިވަރުން ގެއްލުނު ޓޫރިސްޓުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާއިރު، ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޓޫރިސްޓުން ހޯދުމުގެ އޮޕަރޭޝަން ހިންގަމުންދާ ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންފި އެވެ. 

ރައީސް ޑރ. މުއިއްޒު މިހާރު ހުންނެވީ ވ. އަތޮޅުގަ އެވެ. އަދި ސިފައިން މި އޮޕަރޭޝަން ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ރައީސް ވަނީ ހޯއްދަވާފަ އެވެ. 

ރައީސް އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި ވ. އަތޮޅުގައި އިއްޔެ ހިނގި ހިތާމަވެރި ޑައިވިން ހާދިސާއާ ގުޅިގެން، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ އަށާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ރައްދުކުރައްވާ ކަމަށެވެ. 

ރައީސް ވިދާޅުވީ މި ހިތާމަވެރި ހާދިސާގެ ސަބަބުން އަޅުގަނޑުމެންނަށް ވަނީ ވަރަށް ބޮޑު ސިހުމަކާއި މައުސޫމްކަމެއް ލިބިފަ އެވެ. އަދި މުޅި ދިވެހިރާއްޖެ ހާދިސާގައި މަރުވި އިޓަލީ މީހާގެ އާއިލާއަށާއި ގެއްލިފައިވާ ހަތަރު މީހުންގެ އާއިލާތަކަށް، އަދި މި ހިތާމައިގައި ބައިވެރިވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

ސިފައިންގެ ކޯސްޓް ގާޑުގެ ޑައިވަރުން ވަނީ މީހުން ހޯދުމުގެ ބިރުވެރި އޮޕަރޭޝަން ފަަށާފަ އެވެ. މިގޮތުން ހަތަރު ޓޫރިސްޓުން ހޯދަން ފުރަތަމަ ޑައިވް ސިފައިން ވަނީ ކޮށްފަ އެވެ. ނަމަވެސް މިހާތަނަށް ގެއްލުނު ޓޫރިސްޓުންގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. 

ރާއްޖޭގައި ރެކްރިއޭޝަނަލް ޑައިވިންގައި ހުއްދަ އޮންނަނީ 30 މީޓަރާ ހަމަޔަށެވެ. ނަމަވެސް މި ޓޫރިސްޓުން ވަނީ 60 މީޓަރު ފުނަށް ފީނާފަ އެވެ. އަދި ތާށިވެފައިވާ ކަމަށް ބެލެވެނީ 200 ފޫޓު ހުންނަ ކޭވްއެއްގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.