ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ 40 އަކަށް ދުވަސް ތެރޭގައި 974 މިލިޔަން ދެއްކުމުގެ ބުރަ މަސައްކަތް ކުރީ ޤައުމުގެ މުސްތަޤްބަލަށްޓަކަ އެވެ. އަދި މި ހަޤީގަތް ބަދަލެއް ނުވާނެ އެވެ.

މިދިޔަ ދެ އަހަރު ސަރުކާރު ތަންފީޒު ކުރި ވަށާޖެހޭ އިގްތިސޯދީ ސިޔާސަތާއެކު ބޮލުގަ އަޅުވާފައިވާ ބޮޑު ދަރަނިން ސަލާމަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ސިޔާސީ ހަމަޖެހުން ޤާއިމްކޮށް މި ޤައުމު ވެއްޓިގައި އޮތް އިޤްތިސާދީ އަނދަވަޅުން ނަގާ ކޮޅަށް ޖެހުމަށްޓަކައި މަސައްކަތް ކުރީ ގައުމީ ވިސްނުމުގައިކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ހިނގަން ތިބިއިރު މި ގައުމުގެ އިގްތިސޯދު އޮތީ ހީނަރުވެފައިކަމަށާއި، އެހެންކަމުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވަށާޖެހޭ އިޤްތިސާދީ ސިޔާސަތެއް ތަންފީޒުކޮށްފައިވާނެކަމަށެވެ. އެ ސިޔާސަތުގެ ނަތީޖާއެއްގެ ދަށުން މިދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ވާނީ ދައްކާފައިކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"މީގެ އެންމެ ބޮޑު ދަރަންޏަކީ މަޝްހޫރު ސްކޫކްގެ 524 މިލިއަން ޑޮލަރުގެ ދަރަނި. އެ ދަރަނި ދެއްކިއިރު ވަރުގަދަ ހަރުމުދާތައް ވެސް ވަނީ ރަހުނުކޮށްފަ. އެ ރަހުނު އެ ތަންތަން ވަނީ ސަލާމަތްކޮށްފަ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
"މިދިޔަ 40 އަކަށް ދުވަސް ތެރޭގައި 974 މިލިޔަން ދެއްކުމުގެ ބުރަ މަސައްކަތް ކުރީ ޤައުމުގެ މުސްތަޤްބަލަށްޓަކައި. މި ހަޤީގަތް ބަދަލެއް ނުވާނެ."