މަރުވި މީހުންގެ ތެރޭގައި އިޓަލީގެ މަޝްހޫރު މެރިން ޕްރޮފެސަރެއް

އިޓަލީގެ ނޫސްތަކުގައިވާ ގޮތުން ރާއްޖޭގައި ޑައިވްކުރަން އުޅެނިކޮށް މަރުވި މީހުންގެ ތެރޭގައި އިޓަލީގެ ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން ހިމެނެ އެވެ.

މަރުވި އިޓަލީގެ ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން

އަލިމަތާ ކައިރީ އޮންނަ ޑައިވް ޕޮއިންޓަކަށް ފީނަން އުޅެނިކޮށް މަރުވި މީހުންގެ ތެރޭގައި އިޓަލީގެ މެރިން ބަޔޮލޮޖިސްޓެއް ހިމެނޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ. 

އިޓަލީގެ ނޫސްތަކުގައިވާ ގޮތުން ރާއްޖޭގައި ޑައިވްކުރަން އުޅެނިކޮށް މަރުވި މީހުންގެ ތެރޭގައި އިޓަލީގެ ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން ހިމެނެ އެވެ. އަދި މި ހާދިސާގައި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލްގެ އިތުރުން އިތުރު ބަޔަކު ވެސް މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފައވެ އެވެ.   

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހުން ވީ ކަމަށް ބެލެވެނީ ކަނޑުގެ 60 މީޓަރު ފުނުގައި ހުންނަ ކޭވްއެއް ތެރޭގައި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ. މިހާތަނަށް އެކަކުގެ ހަށިގަނޑު ވަނީ ނަގާފަ އެވެ. އަދި ބާކީ ހަތަރު މީހުން އަދިވެސް ވަނީ އަޑީގައި ކަމަށް ސިފައިން ބުނެފައިވެ އެވެ. 

ސަފާރީއެއްގައި މިއަދު މެންދުރު ޑައިވިނަށް ފޭބި އިޓަލީގެ ފަސް ފަތުރުވެރިން ގެއްލިގެން ހޯދަމުން ދަނިކޮށް އެތަނުން އެކެއްގެ ހަށިގަނޑު މިހާރު ވަނީ ފެނިފަ އެވެ. އެމީހާގެ ހަށިގަނޑު މިއަދު އިރުއޮއްސި 18:13 ހާއިރު ވަނީ ވ.ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފަ އެވެ.

އެމްއެންޑީއެފް އިން ބުނީ އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށެވެ.

އެހެންކަމުން ބާކީ ތިބި ހަތަރު ފަތުރުވެރިން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގަ އެވެ.

"މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައި،" އެމްއެންޑީއެފުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.