ޑައިވިނަށް ދިޔަ ފަސް ފަތުރުވެރިން ގެއްލިގެން ހޯދަނިކޮށް، އެކަކު މަރުވެފައި އޮއްވާ ފެނެއްޖެ

އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންވެސް ވަނީ ފެނިފަ އެވެ. ނަމަވެސް ފެނުނުއިރު އެ އެންމެންވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދެއް --

ޑައިވިނަށް ދިޔަ ފަތުރުވެރިންތަކެއް ގެއްލިގެން ހޯދަނިކޮށް އެތަނުން އެކަކު މަރުވެފައި އޮއްވައި ފެނެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އިޓަލީ މީހެކެވެ.

ގެއްލުނު އިތުރު ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކުށުގެ އިސްލާހު - މި އާޓިކަލްގައި ގެއްލުނު ފަސް ފަތުރުވެރިން މަރުވެފައިވާ ކަމަށް ކުރިން ލިޔުނީ އެގޮތަށް ފުލުހުން މައުލޫމާތު ދިނުމުންނެވެ. އޭގެ ފަހުން ފުލުހުން ވަނީ ކުށް އިސްލާހު ކުރުމަށްފަހު މައާފަށް އެފިފަ އެވެ.

"ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ އެންމެން ނިޔާވެފައިވާ ކަމަށް ކުރިން މައުލޫމާތު ދެވިފައިވަނީ، އެ ވަގުތު ލިބުނު މައުލޫމާތުގެ ކުށަކުންނެވެ. ނަމަވެސް، މިހާތަނަށް ފެނިފައިވަނީ ނިޔާވެފައިވާ އެކަކުގެ ހަށިގަނޑެވެ. އަދި ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި މިހާރުވެސް ދަނީ ކުރަމުންނެވެ. މި ކުށަށްޓަކައި އާންމުންނާއި މީޑިއާތަކުގެ ކިބައިން މައާފަށް އެދެމެވެ." ފުލުހުން ފަހުން ފޮނުވި މެސެޖުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.