މީޑިއާ ނެޓަކީ ވޯލްޑްކަޕްގެ ރާއްޖޭގެ ލައިސެންސްޑް ބްރާޑްކާސްޓަރެވެ. ސަބް ލައިސެންސް ނަގާފައިވާ ޔެސް ޓީވީ އާއި ރާއްޖެ ޓީވީއަށް މެޗުތައް ދެއްކޭނީ ހަމައެކަނި ރެސިޑެންޝަލް ކަސްޓަމަރުންނަށެވެ.
ރާއްޖޭގެ ރިސޯޓްތަކުގައި ވޯލްޑްކަޕް މެޗުތައް ބެލޭނީ ކޮންމެ މެޗަކަށް ކޮޓަރިއަކަށް އެއް ޑޮލަރު ދެއްކުމުން ކަމަށް މީޑިއާ ނެޓުން ބުނެފި އެވެ.
ވޯލްޑްކަޕް ބެލުމަށް ހޮޓެލް އިންޑަސްޓްރީއަށް ތައްޔާރު ކޮށްފައިވާ ހާއްސަ ޕެކޭޖް މީޑިއާ ނެޓުން މިއަދު ވަނީ ތައާރަފު ކޮށްފަ އެވެ.
އެ ކުންފުނިން ބުނީ ބްރޯޑްކާސްޓިން ކޮމިޝަނުން ހުއްދަ ދީފައިވާ ގޮތުން އެ ޕެކޭޖުން ވޯލްޑްކަޕް މެޗުތައް ރިސޯޓް / ހޮޓާތަކުގައި ބެލޭނީ ކޮންމެ މެޗަކަށް ކޮޓަރިއަކަށް އެއް ޑޮލަރުގެ ރޭޓުން އެވަރޭޖްކޮށް 65 ޕަސެންޓާއި 75 ޕަސެންޓްގެ އޮކިއުޕަންސީއަކަށް ބިނާކޮށް ކަނޑައެޅޭ އަގެއް ދެއްކުމުން ކަމަށެވެ.
ވޯލްޑްކަޕްގެ ހުރިހާ މެޗެއް އައިސް ޕްލަސް ޗެނަލް މެދުވެރިކޮށް މި ޕެކޭޖުން ރިސޯޓް / ހޮޓާ ތަކަށް ލިބެ އެވެ.
މީޑިއާ ނެޓަކީ ފީފާ ވޯލްޑްކަޕްގެ ރާއްޖޭގެ ލައިސެންސްޑް ބްރާޑްކާސްޓަރެވެ. މީޑިއާ ނެޓުން ސަބް ލައިސެންސް ނަގާފައިވާ ޔެސް ޓީވީ އާއި ރާއްޖެ ޓީވީއަށް މެޗުތައް ދެއްކޭނީ ހަމައެކަނި ރެސިޑެންޝަލް ކަސްޓަމަރުންނަށެވެ.