އެޑްވަޓޯރިއަލް

ކްލިކްގެ ނެކްސް ސްޓެޕް | ދަރިވަރުން ދާނެ މަގު ކިޔައިދެނީ ވަޒީފާގެ ތަޖުރިބާއިން

ކްލިކް ކޮލެޖުން މާދަމާ އާއި އަނެއް ދުވަހު މީރުމާގައި ބާއްވާ ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމަންޓް ގެ ނަމުގައި ބާއްވާ ކެރިގައިޑެންސް ފޯރަމްގައި ޕެނަލްތަކެއް އޮންނާނެ އެވެ. މި އިވެންޓަށް ދިއުމުން ގިނަ އިނާމުތަކެއްވެސް ލިބޭނެ އެވެ.

ދެ ހާހުގެ އަހަރުތަކަކީ ކެރިއާ ފެއާތައް އެންމެ ފޯރީގައި ކުރިއަށް ދިޔަ ދުވަސްވަރެވެ. ޔޫތު ސެންޓަރުގައި އޭރު ބާއްވާ ޔޫތު ޗެލެންޖް އަކީ ވަޒީފާ ހޯދުމާއި މަތީ ތައުލީމަށް ދާން ބޭނުންވާ ޒުވާނުންނަށް މަގު ދައްކާ އީދަކަށްވެ އެވެ. އެއީ ޕްރައިވެޓް އެޑިއުކޭޝަން އުފަންވެގެން އައި ރަން ޒަމާނޭ ބުނެވިދާނެ އެވެ. ކްލިކް ކޮލެޖުން މާދަމާ އާއި އަނެއް ދުވަހު މީރުމާގައި ބާއްވާ ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމަންޓް ގެ ނަމުގައި ބާއްވާ ކެރިގައިޑެންސް ފޯރަމްގެ ބޭނުމަކީ އެ މާހައުލު ގެނެސް ދިނުމެވެ.

"އަޅުގަނޑުމެން ރަށްރަށުގައި ކެރިއަރ ގައިޑެންސް ދެނީ ދުނިޔޭގެ ޖޮބްމާރކަޓް އަށް އަންނަ ބަދަލާ ބެހޭ މައުލޫމާތާއެކު ދަރިވަރުންގެ މުޅި ކެރިއަ ބިނާ ކުރާނެ މަޢުލޫމާތު. ދަރިވަރުންގެ ފަރާތުން އަންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ ކެރިއަ ޑިވެލެޕްމެންޓްއަށް ހުރި ދާއިރާތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ލިބޭ އެހެންވެ މިފަހަރު މި ބާއްވަނީ ވަޒީފާގައި ތިބި ޕްރޮފެޝަނަލުން ހިމެނޭ ޕެނަލަކުން. އޭރުން ކުދިން އައިސް އެ ޕެނަލްގައި ތިބޭ ފަރާތްތަކާ ސުވާލުކޮށް އެ ކުދިން ދާން ބޭނުންވާ މަގު އިހްތިޔާރު ކުރަން ފަސޭހަ ވާނެ،" ކްލިކް ކޮލެޖުގެ ޕްރެސިޑެންޓް ޑރ. ނައުޝާދު ރަޝީދު ވިދާޅުވި އެވެ.

އިއްޔެ ގެންނަން ޖެހޭ ބަދަލެއް - ރާއްޖޭގައި ބާއްވާ ކެރިއަ ފެއާތައް މި ބައްޓަމަށް ގެންނަން ޖެހޭތާ ކިތަންމެ ދުވަހެކެވެ. މިހާރު އާއްމުކޮށް ބާއްވާ މިފަދަ ފެއާތަކުގައި ކަންވާގޮތުން ދަރިވަރުންނަށް ހަގީގީ ތަސްވީރެއް ނުފެނެ އެވެ. މަންޒަރު ސާފެއް ނުވެ އެވެ. ކެރިއަ ފެއާއެއް ނޫނީ މިފަދަ އިވެންޓެއް ބޭއްވި ނަމަވެސް އެތަނަށް އަންނަ ދަރިވަރުންނަށް ހަގީގަތުގައި ބޭނުންވާ މައުލޫމާތެއް ނުލިބެ އެވެ. ފެއާ އަށް ދާ ކުއްޖާ އަށް ފުރަތަމަ ކުރިމަތިވާ ސުވާލަކީ އޭލަވެލް ނުވަތަ އޯލަވެލް ނަތީޖާ ކިހިނެއް ހެއްޔެވެ؟

ފުރަތަމަ ބަލަނީ ނަތީޖާ އޮތް ގޮތެވެ. ދެން ދައްކާލަނީ މޭޒުމަތީގައި އޮތް ބްރޯޝާތަކެވެ. އޭގައި އޮންނަނީ ކޮލެޖު / ޔުނިވާސިޓީގައި ހުރި ޕްރޮގްރާމްތަކުގެ މައުލޫމާތެވެ. އެ ހިސާބުން ދަރިވަރު ކަނު އަނދިރީގައި ހުރެގެން ނަމަވެސް ކޮންމެވެސް ޕްރޮގްރާމެއް ނަގަ މަޖުބޫރުވެ އެވެ. އެ އެ ހިޔާރުކުރާ ކޯސް ނަގައިގެން ކިޔައިގެން އައިސް ދެން ކަންވާނެ ގޮތެއް ނޭނގެ އެވެ. ޕައިލެޓުކަން ގިނަ ކުދިން ނަގަނީ ދުނިޔޭގައި ދަތުރުކުރާށެވެ. ވަރަށް ފެންސީ ވަޒީފާއެއްގެ ގޮތުގަ އެވެ. އެކަމަކު ހަގީގަތަކީ މިކަމަކީ ޒިންމާދާރުކަން ބޮޑު ވަކި ޑިސިޕްލިންތަކެއް ބަހައްޓަން ޖެހޭ ކަމެކެވެ. ގިނަ ކުދިންނަށް މިއެއް ނޭނގެ އެވެ. ކުދިންނަށް ކިޔަވައިގެން ނުކުމެ ކުރަން ޖެހެނީ ކޮން ކަމެއްކަމެއް ނޭނގެ އެވެ. ނަތީޖާއަކީ ކެރިއަ ހިޔާރުކުރަން ގިނަ ކުދިން ހަތަރު އަނގޮޅި ކަންމަތީގައި މަޑުކުރަން ޖެހުމެވެ.

ޑރ. ނައުޝާދު ވިދާޅުވި ގޮތުގައި އެ ކޮލެޖުގެ މަގުސަދަކީ އެ ވިސްނުން ބަދަލު ކުރުމެވެ. މި ވިސްނުން ބަދަލުކުރަން ކްލިކް ކޮލެޖުން ބޭނުންވާކަމުގެ ހެއްކަކީ މި ފަހަރު ބާއްވާ ނެކްސް ސްޓެޕް ގައި އެ ކޮލެޖުން ކިޔައިވައި ނުދޭ ޕްރޮގްރާމް ތަކެއް ވެސް ހިމަނާފައިވުމެވެ. އެ ކޮލެޖުގައި ސްޕޭސް ރިސާޗް ޕްރޮގްރާމާއި ސައިކޮލޮޖީ ކިޔަވައި ނުދިނަސް ނެކްސް ސްޓެޕްގައި އެ ދާއިރާ އިން މައުލޫމާތު ދޭން ތަޖުރިބާކާރުން ތިބޭނެ އެވެ.

ނެކްސް ސްޓެޕްގެ ޕެނަލްތަކާއި އެކްސްޕާރޓުން

ޓޫރިޒަމް އަދި އެކައުންޓިންގް ޕެނަލް - އަފީފް ހުސައިން (ލަކްސް ރިސޯޓްސް)، އައިޝަތު އަލީ (މިނިސްޓްރީ އޮފް ޓޫރިޒަމް)، އިބްރާހިމް ޝުހައިލް (އެމްއައިބީ)

މާކެޓިންގް އަދި ބިޒްނަސް ޕެނަލް - ނިއުޝާދު ޝަރީފް (ނޯވާ އެސޯސިއޭޓްސް)، އަދީލް އިސްމާއިލް (ތިންކް އެސޯސިއޭޓްސް)، މުހައްމަދު އާލިމް (ޕަލްސް ހޮޓެލްސް)، ޑރ. ނައުޝާދު މުހައްމަދު(ކްލީކް ކޮލެޖް)

ސްޕެޝަލައިޒްޑް ސްޓަޑީޒް (ކްރިމިނޮލޮޖީ، ކުޅިވަރު، ޕައިލެޓް، އިންޖިނިއަރިންގް) - ޔޫނުސް ސޮބާހް (ޕޮލިސް)، މައުރޫފް އަހުމަދު (މާއްޓޭ)، ފާތިމަތު ނަތާޝާ ލަތީފް (ސިވިލް އޭވިއޭޝަން)، އިސްމާއިލް ނައުފަލް (އައިލެންޑް އޭވިއޭޝަން).

ސްޕެޝަލައިޒްޑް ސްޓަޑީޒް (ބޭސްވެރިކަން އަދި ސައިން ލޭންގުއޭޖް) - ޑރ. މޫސާ މުރާދު (އައިޖީއެމްއެޗް)، ޑރ. އާމިނަތު ނުސްރާ (ޓްރީޓޮޕް)، މަރިޔަމް ފަޒްނީ (މަޖިލިސް އިދާރާ).

ޓެކްނޮލޮޖީ އަދި ސްޕޭސް ރިސާޗް - މިންހާ ޒާހިރު (ވުމަން އިން ޓެކް)، ހުސައިން ނައުޝާދު (މޯލްޑިވްސް ޑިޖިޓަލް ސާވިސް)، މަދިން މަސީހް (އެމްއެސްއާރު.އޯ) ފާތިމަތު ލައިޝާ (ދިރާގު)

ޑރ ނައުޝާދު ގަބޫލު ކުރައްވާ ގޮތުގައި ތައުލީމް ދިނުމަކީ ގައުމީ ކަމެވެ. ކްލިކް ކޮލެޖުގެ ވިސްނުމަކީ ވެސް މިއެވެ. މިހާރު ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންނަމަ ކެރިއަ ފެއާތަކާއި ޕްރޮގްރާމްތައް ދަރިވަރުންގެ ސުވާލުތަކަށް ފުރިހަމަ އަށް ޖަވާބު ލިބޭ ގޮތަށް ބަދަލު ކުރަން ޖެހޭކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

އެ މަގުސަދުގައި ކްލިކް ކޮލެޖުގެ ނެކްސް ސްޓެޕް ގައި ޝީ އާއި ބީސީސީ އަދި ފޯ ސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ އިތުރުން ނޭޝަނަލް ކެރިއަ ސާވިސްގެ ބޫތެއް ވެސް ހުންނާނެ އެވެ. އަދި ދެ ދުވަހަށް ދާ ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމަންޓުގައި އޮންލައިން ގޭމިން މުބާރާތެއް ވެސް އޮންނާނެ އެވެ. އަދި މި ފޯރަމަށްދާއިރު ދާ މީހުންގެ މެދުގައި ގުރުއަތެއް ނަގައި ސްރީލަންކާ އަށް ދަތުރު ކުރުމަށް 3 ފަރާތަކަށް ދެކޮޅު ޓިކެޓާއި އިތުރު ހަދިޔާތައް ވެސް ލިބޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.