ނާޒިމް ވަކި ކުރަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އަޑު ފެތުރިފައިވާ ގޮތުގައި އޭނާ ވަކި ކުރަން ނިންމީ ސަރުކާރާ ދެކޮޅަށް ހިނގާ ކަންކަމުގެ ފަހަތުގައި ނާޒިމް ހުރި ކަމަށް ތުހުމަތު ކޮށެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ ނާޒިމް ވަކި ކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށާއި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެ މައްސަލަ ކުރިޔަށް ގެންދާނެ ކަމަށެވެ.
ނާޒިމް ވަކި ކުރަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އަޑު ފެތުރިފައިވާ ގޮތުގައި އޭނާ ވަކި ކުރަން ނިންމީ ސަރުކާރާ ދެކޮޅަށް ހިނގާ ކަންކަމުގެ ފަހަތުގައި ނާޒިމް ހުރި ކަމަށް ތުހުމަތު ކޮށެވެ.
މިދިޔަ ކައުންސިލް އިންތިހާބުން ޕީއެންސީ އަށް ލިބުނު ނާކާމިޔާބީ އަށް ފަހު ނާޒިމް ވަނީ މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީން ވަކި ކޮށްފަ އެވެ. އެއީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އެވެ.
އެކަމާ ގުޅިގެން ނާޒިމް ވިދާޅުވެފައިވާ ގޮތުގައި އެއީ އެނާ އަށް ވަގުތު ނުދެވޭތީ ނިންމި ނިންމުމެއް ކަމަށެވެ.
ނަމަވެސް އިއްޔެގެ ވަގުތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިސް މެންބަރުންނަށް އިރުޝާދު ދެެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން ވަނީ ނާޒިމް ބޭރުކޮށްފަ އެވެ. އަދި އޭނާ މަގާމުން ވަކި ކުރަން ވެސް ވަނީ ނިންމައި ސޮއި ހަމަކޮށްފަ އެވެ.