އަބްދުއްރަހީމް ވަނީ މި ހިނގާ ދައުރު، މެއި 31 އާ ހަމައަށް ދަންމައިލަން ހުށަހަޅުއްވައިފަ އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ، ފެބްރުއަރީ މަހުން ފެށިގެން މާޗް 15 ވަނަ ދުވަހާ ހަމައަށެވެ.
އެގޮތުން، މިއަދަކީ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ އޮތް ދުވަހެވެ.
ނަމަވެސް، މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި ހިނގާ ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.
އެހެންކަމުން، އަބްދުއްރަހީމް ވަނީ މި ހިނގާ ދައުރު، މެއި 31 އާ ހަމައަށް ދަންމައިލަން ހުށަހަޅުއްވައިފަ އެވެ.
މަޖިލީހުގެ ރައީސް ހުށަހެޅުއްވި ގޮތަށް، މަޖިލީހުގެ މި ހިނގާ ދައުރު ދަންމާލާފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ދައުރު އިތުރުކުރަން ބޭނުންނުވާ ކަމަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ.