ނޫސްވެރިކަމުގެ ހައްގުގައި ރޭ ކުރި މުޒާހަރާއިން 9 މީހަކު ހައްޔަރު، ފުލުހަކަށް އަނިޔާވި

ފުލުހުން މިއަދު ބުނީ، ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހަތް ފިރިހެނުންނާއި ދެ އަންހެނުން ހައްޔަރުކުރި ކަމަށެވެ.

މިރޭގެ މުޒާހަރާގައި ރައީސް ނަޝީދު -- ފޮޓޯ: ވިރާސީ

ނޫސްވެރިކަމުގެ ހައްގުގައި އިދިކޮޅު އެމްޑީޕީން އިސްވެ ރޭ ކުރި މުޒާހަރާގެ ތެރެއިން ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުހައި ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި ރޭ އެމްޑީޕީން މަގުތަކަށް ނުކުމެ ގޮވާލަމުން ދިޔައީ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން މިނިވަން ކުރުމަށެވެ.

އެ ދެ ނޫސްވެރިން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.

ފުލުހުން މިއަދު ބުނީ، ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހަތް ފިރިހެނުންނާއި ދެ އަންހެނުން ހައްޔަރުކުރި ކަމަށެވެ.

އަދި އެއްވުމުގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި ހިނގި ހަމަނުޖެހުމެއްގައި ފުލުހެއްގެ ލޮމަތި ފަޅައިގެންގޮސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވި ފުލުސް މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.