އީރާން ހަނގުރާމައިގައި އެމެރިކާގެ 39 މަތިންދާބޯޓު ގެއްލުނު : ރިޕޯޓް

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާލުން ފެށި އަސްކަރީ ކުރިމަތިލުންތަކުގައި އެމެރިކާގެ 39 މަތިންދާބޯޓު ގެއްލިފައިވާ ކަމަށް، އެމެރިކާގެ ކޮންގްރެސް މެންބަރު އެޑް ކޭސް ވިދާޅުވެއްޖެ އެވެ.

އީރާނުން ހަލާކުކޮށްލާފައިވާ އެމެރިކާގެ މަތިދާ ބޯޓުތަކެއް ހުރި ސަރަހައްދު އެ ގައުމުން ސާފު ކުރަނީ -- ރޮއިޓާސް

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާލުން ފެށި އަސްކަރީ ކުރިމަތިލުންތަކުގައި އެމެރިކާގެ 39 މަތިންދާބޯޓު ގެއްލިފައިވާ ކަމަށް، އެމެރިކާގެ ކޮންގްރެސް މެންބަރު އެޑް ކޭސް ވިދާޅުވެއްޖެ އެވެ.

ސެނެޓް ކޮމިޓީގެ ހާއްސަ އަޑުއެހުމެއްގައި ވާހަކަދައްކަވަމުން، ޑިމޮކްރެޓިކް ޕާޓީގެ މެންބަރު ކޭސް ވިދާޅުވީ، ދިފާއީ ކަންކަމާ ގުޅޭ "ދަ ވޯ ޒޯން" މަޖައްލާގެ ރިޕޯޓަކާ ހަވާލާދީ މި އަދަދުތައް ހާމަކޮށްފަ އެވެ. އަދި މި ރިޕޯޓަކީ މަސް ދުވަސްވެފައިވާ ބޭނުންކެނޑިފައިވާ ރިޕޯޓަކަށް ވުމުން، މިހާރު މި އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޕެންޓަގަންގެ ޗީފް ފައިނޭންޝިއަލް އޮފިސަރު ޖޭ ހާސްޓްއާ މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، މަތިންދާބޯޓުތަކަށް ލިބުނު ގެއްލުންތަކުގެ މާލީ ތަފްސީލު މި ވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

"މިކަމުގައި ހަރަދުތަކެއް އެބަހުރި. ނަމަވެސް، މަތިންދާބޯޓު މަރާމާތު ކުރުމަށް ހިނގާނެ ހަރަދު އަންދާޒާ ކުރުމަކީ ވަރަށް އުނދަގޫ ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ހަރަދުތައް ހާމަކުރުމުގެ ކުރިން މަތިންދާބޯޓުތަކުގެ ފުރިހަމަ ޑައިގްނޯސިސްއެއް ހަދަން،" ހާސްޓް ވިދާޅުވިއެވެ.

"ދަ ވޯ ޒޯން" ރިޕޯޓުގައި ބުނާގޮތުން  ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ އެއާފޯސްއިން 13,000 އަށްވުރެ ގިނަ ފްލައިޓް ވަނީ އޮޕަރޭޓްކޮށްފަ އެވެ. މީގެ ތެރެއިން 39 މަތިންދާބޯޓު މުޅިން ހަލާކުވެފައިވާއިރު، 10 ބޯޓަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ.
އަދި ގެއްލުނު ބޯޓުތަކުގެ ތެރޭގައި އެންމެ ޒަމާނީ F-35 ލައިޓްނިން II ފައިޓާ ޖެޓަކާއި ބޮއިންގ E-3 ސެންޓްރީ މަތިންދާބޯޓެއް ހިމެނޭ ކަމަށް ރިޕޯޓުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.