ހަނގުރާއިގެ ތަދުގެ މައްޗަށް އޮފް ސީޒަން | ޓޫރިޒަމަށް ބޮޑު ތަދު

ޓޫރިޒަމް އޮފް ސީޒަނާއެކު ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ބަލާނަމަ 12.4 ޕަސެންޓުގެ ދަށްވުމެއް ފާހަގަވެ އެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް : ޓޫރިޒަމްއާއެކު އާމްދަނީ ވަނީ އިތުރުވެފަ -- އެމްއޭސީއެލް

ރާއްޖޭގެ ޓޫރިޒަމް މި އަހަރު ދެއްކީ ވަރަށް ރަނގަޅަށެވެ. ޓޫރިސްޓުން އަންނަ އަދަދު އިތުރުވުމާއެކު އިގްތިސޯދީ ކުރިއެރުންވެސް ދިޔައީ މައްޗަށެވެ. ނަމަވެސް އީރާން - އެމެރިކާ ހަނގުރާމަ ފެށުމާއެކު މުޅި މަންޒަރު ބަދަލު ވެގެން ދިޔަ އެވެ. ޓޫރިސްޓުން އަންނަ އަދަދު ފުރަތަމަ ފަހަރަށް "މައިނަސް" ވި އެވެ. ދަށްވާން ފެށި އެވެ. މި ދަށްވުމަށް އިތުރު ވެއްޓުމެއް އައިސްފައިވަނީ ޓޫރިޒަމްގެ އޮފް ސީޒަން ފެށުމެވެ. މިހާރު އޮފް ސީޒަންގެ ދުވަސްތައް ފެށިފައިވާއިރު ޓޫރިސްޓުން ހަނގުރާމައާއެކު މިވަނީ ޓޫރިޒަމްގެ ބަލި ފައި މައްޗަށް ފޮއެ ވެއްޓިފަ އެވެ. 

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ޖަނަވަރީ އަދި ފެބުރުވަރީ މަހު ފަތުރުވެރިން އައި އަދަދު ވަނީ 2025 އާ އަޅާބަލާއިރު 5.0% އަދި 15.7% އިތުރުވެފައެވެ. ވަކިން ހާއްސަކޮށް ފެބުރުވަރީ މަހު 2.5 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. ނަމަވެސް މާރިޗު އަދި އޭޕްރީލްގެ ހީނަރުކަން ފެށުމެވެ. ހަނގުރާމައާއެކު މާރިޗު މަހު ޓޫރިސްޓުން އައި އަދަދު 20.7% ދަށްވެފައިވާއިރު، އޭޕްރީލް މަހު މި އަދަދު ވަނީ 24.4% އަށް ވެއްޓިފަ އެވެ.

މިހާރު ދައްކާ ގޮތުން އަނެއްކާ ވެސް މިވަނީ ދަށްވެފަ އެވެ. މި ދަށްވުން އެންމެ ރަނގަޅަށް ފެނިގެންދަނީ ކޮންމެ ދުވަހަކު އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވަމުންދާ ދިއުމުންނެވެ. މިމަހުގެ މިދިޔަ ދެ ދުވަހަށް ބަލާއިރު އެވްރެޖުކޮށް 3000 ޓޫރިސްޓުންނެވެ. މި އަދަދުން އެނގެނީ އޮފް ސީޒަންގެ ސަބަބުން ޓޫރިޒަމަށް އައިސްފައިވާ ހީނަރުކަމެވެ. 

މި އަހަރުގެ މިހާތަނަށް ޓޫރިސްޓުން އައިސްފައިވާ އަދަދަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ޖުމްލަ 856,471 މީހުން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 905,605 މީހުން ޒިޔާރަތްކުރި އެވެ. މިއީ % 5.4 ގެ ދަށްވުމެކެވެ. އަދި މި މަހުގެ މިހާތަނަށް 55,035 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު އައިސްފައިވަނީ 62,83 ޓޫރިސްޓުންނެވެ. އެއީ 12.4 ޕަސެންޓުގެ ދަށްވުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.