ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެން ކަމަށެވެ.

ފުލުހުން ބުނީ، ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވަނީ މިރޭ 10:00 ޖަހާކަށްހާއިރު ކަމަށެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެން ކަމަށެވެ.
"މި ހިތާމަވެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ ނިޔާވެފަ އެވެ،" ފުލުހުން ބުންޏެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.