ނޫސްވެރިން ދޫކޮށްލަން ގޮވާލައި އެމްޑީޕީން މަގުމައްޗަށް ނުކުމެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި މިރޭ އެމްޑީޕީން މަގުތަކަށް ނުކުމެ ގޮވާލަމުން ދަނީ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން މިނިވަން ކުރުމަށެވެ.

އެމްޑީޕީން މިރޭ ކުރަމުންދާ މުޒާހަރާ -- ފޮޓޯ: ވިރާސީ

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށާއި، ނޫސްވެރިންނަށް ބިރުދައްކަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މުޒާހަރާ ކުރަން ފަށައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި މިރޭ އެމްޑީޕީން މަގުތަކަށް ނުކުމެ ގޮވާލަމުން ދަނީ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން މިނިވަން ކުރުމަށެވެ. 

އެ ދެ ނޫސްވެރިން ޖަލަށްލާން އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.

އެމްޑީޕީގެ މުޒާހަރާ ފަށާފައި ވަނީ ޗާންދަނީ މަގުގައި ހުންނަ އެޕާޓީގެ މައި ހަރުގެއިންނެވެ. މުޒާހަރާ ފައްޓަވަމުން ނަޝީދު ވިދާޅުވެފައި ވަނީ ޖަލަށްލާފައިވާ ނޫސްވެރިން މިނިވަން ކުރަންދެން މުޒާހަރާ ކުރުން ހުއްޓައި ނުލާނެ ކަމަށެވެ.

މިރޭގެ މުޒާހަރާގައި ރައީސް ނަޝީދު -- ފޮޓޯ: ވިރާސީ

މި މުޒާހަރާގައި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފުރުސަތު ދިނުމަށް އެމްޑީޕީން ދަނީ ގޮވައިލަމުންނެވެ.

މި މުޒާހަރާގެ އިސް ސަފުގައި ރައީސް ނަޝީދަށް ތާއީދު ކުރާ ގިނަ މެންބަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލީސް މެންބަރުންވެސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.