އިބޫ އަދި ނަޝީދާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރު: ޔާމީން

ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން ވަނީ ނިންމާފައި

ޔާމީން މީޑިއާތަކާ ބައްދަލުކުރައްވަނީ--ފައިލް ފޮޓޯ: ދަ މިރާ

ސަރުކާރާ ދެކޮޅަށް ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮވާލި ގޮވާލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަވާބު ދެއްވައިފި އެވެ.

ދެ ނޫސްވެރިން ޖަލަށް ލާން ކުރި ހުކުމާއެކު ފައްޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މިއީ ޔާމީން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތް ކުރަންވީ ވަގުތެވެ.

ފައްޔާޒްގެ ވާހަކަ އާ ގުޅިގެން ޔާމީން މިއަދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ހޯދުމަށް ނަޝީދާއި އިބޫ އާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.

އެމްޑީޕީގެ ދެ ފެކްޝަނާއި ޕީއެންއެފް ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ އިރު ނަޝީދު ވަނީ މިރޭ އިހުތިޖާޖަށް ނުކުންނަން ގޮވާލައިފަ އެވެ.

"ނޫސްވެރިން ހައްޔަރު ކުރުމާ ދެކޮޅަށް ކުރާ އިހުތިޖާޖަށް މިރޭ އެންމެ ބޭފުޅުން ނުކުމެވަޑައިގަތުން އެދެން. އަޅުގަނޑުމެން ހުންނާނަން." ނަޝީދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ދިފާއުގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ޔާމީން އިއުލާން ކޮށްފައިވާ އިރު އެމަނިކުފާނުގެ ވެރިކަމުގައި ގިނަ ނޫސްތަކެއް ބަންދު ކުރުމާއި އަބުރުގެ ގާނޫނު އެކުލަވާލުމުގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިން އެއްފަހަރާ ބަންދު ވެސް ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.