އެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން "އެސްއެމްއީ 360" އިފްތިތާހުކޮށްފި

މި ކެމްޕެއިންގެ ސަބަބުން އެސްއެމްއީ ޑިޖިޓަލް އާއި ކުދި ވިޔަފާރިތަކާއި މުޖުތަމައުއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އިގްތިސާދުގައި ކުދި ވިޔަފާރިގެ ދައުރު ފުޅާކޮށް ބާރުވެރިކުރަށް އެހީތެރިވެދޭނެ އެވެ.

އެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން "އެސްއެމްއީ 360" އިފްތިތާހު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތު -- ބީއެމްއެލް

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ތަރައްގީ އަށް ފައިނޭންސިން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ އެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން "އެސްއެމްއީ 360" މިއަދު އިފްތިތާހްކޮށްފިއެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އައްޑޫ ބިޒްނަސް ޑައިލޮގް ފޯރަމްގައި  މި ކެމްޕެއިން އިފްތިތާހްކޮށްދެއްވާފައިވަނީ މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު އެވެ.

އެސްއެމްއީ 360 ކެމްޕެއިނަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާ، އިތުރު ހަރުފަތަކަށް ގެންދިޔުމުގެ މަގްސަދުގައި އެސްއެމްއީ ޑިޖިޓަލް އިން ފޯރުކޮށްދޭ މާލީ ހައްލުތަކާއި އެސްއެމްއީ ޑިޖިޓަލްގެ އަދާ ކުރާ ދައުރަށް ހޭލުންތެރިކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ސަބަބުން އެސްއެމްއީ ޑިޖިޓަލް އާއި ކުދި ވިޔަފާރިތަކާއި މުޖުތަމައުއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އިގްތިސާދުގައި ކުދި ވިޔަފާރިގެ ދައުރު ފުޅާކޮށް ބާރުވެރިކުރަށް އެހީތެރިވެދޭނެ އެވެ.

މި ކެމްޕެއިންގެ ދަށުން އާއްމުން ޝައުގުވެރިވާ ގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިއެވެ. އެގޮތުން، ރާއްޖޭގެ އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެ ސަރަހައްދުތަކަށް ދަތުރުކޮށް ހާއްސަ މަސައްކަތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ރާވާފައިއެވެ. މި ވޯކްޝޮޕްތަކުގެ ޒަރީއާއިން ވިޔަފާރިވެރިންނަށް މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ވިޔަފާރީގެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެއެވެ.

މި ކެމްޕެއިންގެ ތެރޭގައި ކުދި ވިޔަފާރިތަކުގެ ތަޖުރިބާތައް ހިއްސާކުރުމަށް ހާއްސަ ޕޮޑްކާސްޓް ސިލްސިލާއެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައިއެވެ.

ކެމްޕެއިން ތައާރަފްކުރުމާއި ގުޅިގެން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެސްއެމްއީ 360 އަކީ ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއްތާކުން ހުރިހާ ހިދުމަތެއް ދެވޭނެ ބްރޭންޑެއް ބިނާކުރުމަށް އަޅުގަނޑުމެން ގެންގުޅޭ ތަސައްވުރުގެ ރަމްޒެއް ކަމަށެވެ.

"މި ކެމްޕެއިން ރާއްޖޭގެ ވިޔަފާރީގެ މައި ހަބެއްކަމުގައިވާ އައްޑޫ ސިޓީގައި ތައާރަފް ކުރެވުން މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް، މިހާތަނަށް އެސްއެމްއީ ޑިޖިޓަލް އިން އައްޑޫ ސިޓީގެ 134 ކުދި ވިޔަފާރިއަކަށް 144 މިލިއަނަށް ވުރެ ގިނަ އަދަދެއްގެ ފައިނޭންސިންގ ވަނީ ފޯރުކޮށްދީފައި. އަޅުގަނޑުމެންގެ އުއްމީދަކީ ކެމްޕެއިންގެ ޒަރީޔާއިން، ކުދި ވިޔަފާރިތަކާއި އެސްއެމްއީ ޑިޖިޓަލްގެ ގުޅުން ބަދަހިވެ ވިޔަފާރީގެ ހުރިހާ މަރުހަލާއެއްގެ ބައިވެރިއަކަށްވުން،" ބަދުރު ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ގުޅިގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށް ގެންދާ މި ފޯރަމްގައި އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބައިވެރިވެ ކުދި ވިޔަފާރިތަކުގެ ކުރިއެރުމާއި ގުޅުންހުރި މުހިންމު މަޝްވަރާތަކުގައި ބައިވެރިވެފައިއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.