އައްޑޫ ބިޒްނަސް ޑައިލޮގް ފަށައިފި

މި މަހާސިންތާގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުންމެވެ.

އައްޑޫގެ އިޤްތިސާދު ހިންގައިގަތުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ބާއްވާ އައްޑޫ ޗ ފަށައިފި އެވެ.

އައްޑޫ ސިޓީގައި ދެ ދުވަހަށް ކުރިއަށްދާ ބިޒްނަސް ޑައިލޮގް ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. މި މަހާސިންތާގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުންމެވެ. 

ބިޒްނަސް ޑައިލޮގް ފައްޓަވައި ދެއްވަމުން އިކޮނޮމިކް މިނިސްޠަރި މުހައްމަދު ސައީދު ވިދާޅުވީ އައްޑޫ ސިޓީއަކީ މި މަސައްކަތުގެ ފެށުން ކަމަށާއި ބިޒްނަސް ޑައިލޮގްގައި އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ކުރެވޭނެ ކަމަށް އެ ފަރާތްތަކަށް ފެންނަ ކަންކަން ހާމަކޮށް ކަރުދާހެއް އެކުލަވާލުމެވެ. 

ވަޒީރު ވިދާޅުވީ ޑައިލޮގުން އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން އެކުލަވާލާ ކަރުދާސް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އައްޑުއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.