ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ބޮޑު އީދު ދުވަހަކީ މިމަހުގެ 27ވާ ބުދަ ދުވަހެވެ. އަދި ހައްޖު ދުވަހަކީ 26ވާ އަންގާރަ ދުވަހެވެ.

ކުރިއަށް އޮތް ބޮޑު އީދާ ގުޅިގެން އެ ހަފުތާގެ 24 އަދި 25 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ބޮޑު އީދު ދުވަހަކީ މިމަހުގެ 27ވާ ބުދަ ދުވަހެވެ. އަދި ހައްޖު ދުވަހަކީ 26ވާ އަންގާރަ ދުވަހެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހަފްތާގެ 24ވާ އާދީއްތަ ދުވަސް އަދި 25ވާ ހޯމަ ދުވަސް ބަންދު ކުރީ އީދު ބަންދާ ގުޅިގެން އާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭނީ މިހާރުވެސް ކަލަންޑަރުގައިވާ ގޮތުގެ މަތިން މިމަހުގެ 31 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.