ރާއްޖޭން އަނެއްކާވެސް ހިމަބިހި ފެނިއްޖެ

އެޗްޕީއޭ އިން ބުނީ މިއަހަރުގެ މިހާތަނަށް ހިމަބިހީގެ ފަސް ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ދެ މީހަކަށް ބަލި ޖެހުނީ ރާއްޖޭން ބޭރުންނެވެ.

ހިމަބިހި ޖެހިފައިވާ މީހެއް

ރާއްޖެއިން ހިމަބިހި ޖެހިފައިވާ ދެ މީހަކު ފެނި، ފިޔަވަަޅު އެޅުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ މި ހަތުތާތެރޭފައި މާލެ ސަރަހައްދުން ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ދެ ކޭސް ފެނުމާ ގުޅިގެން، ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ އެޖެންސީން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މިއަހަރުގެ މިހާތަނަށް ހިމަބިހީގެ ފަސް ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ދެ މީހަކަށް ބަލި ޖެހުނީ ރާއްޖޭން ބޭރުންނެވެ. 

މިދުވަސްވަރަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އަދި އަވަށްޓެރި ގައުމުތަކުގައިވެސް ވަލި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެކެވެ. އެހެންކަމުން އެޗްޕީއޭ އިން ބުނީ ހުން އައުމާއި ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުން މުހިންމު ކަމަށެވެ.

ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. ބަލީގެ ފުރަތަމަ ކޮޅު ފްލޫގެ އަލާމާތްތައް ފެންނަހެން ހީވުމާއެކު ގަދަޔަަށް ހުން އައިސް، ވަރުބަލިވުމާއި އަރިދަފުސް އެޅުމާއި ކެއްސުމާއި، ހަމުގައި ރަތް ކުލައިގެ ބިހިތަކެއް ނެގުމާ އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ފެންނާނެ އެވެ.

ހިމަބިހީގެ އަލާމާތެއް ރާއްޖޭން ނުފެންނަތާ ތިން އަހަރު ވުމުން މި ސަރަހައްދުން މީސްލްސް ނައްތާލެވިފައިވާ ފުރަތަމަ ގައުމުގެ ލަގަބު ޖޫން، 2017 ގައި ރާއްޖެއަށް ލިބިފައިވެ އެވެ.

ނަމަވެސް 2020 ވަނަ އަހަރާ 2023 ވަނަ އަހަރު ވެސް ވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖޭން ފެނިފަ އެވެ. އެ ދެ ފަހަރުވެސް ވަނީ ވެކްސިން ދީ، ބަލި ޖެހުން ކޮންޓްރޯލް ކޮށްފަ އެވެ.

ހިމަބިއްސަކީ ވަރަށް ހަލުވިކޮށް ފެތުރޭ، ބަލިޖެހޭ ކުޑަކުދިންގެ ފުރާނައަށް ވެސް ނުރައްކާ ކުރާ ބައްޔެކެވެ. ރާއްޖޭގައި މި ބައްޔަށް ވެކްސިން ދޭންފެށީ 1981 ވަނަ އަހަރު އެވެ. ވެކްސިންގެ ދެ ޑޯޒް ހަމަކޮށް ވެކްސިން ދޭން ފެށީ 2007 ވަނަ އަހަރު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.