ނަޝީދާއި އިބޫ އަދި ޔާމީން ނުކުމެ ގައުމު ސަލާމަތް ކުރަން ޖެހޭ: ފައްޔާޒް

ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން އޭނާ ގޮވާލި

އެމްޑީޕީގެ ކުރީގ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހު އަދި އަބްދުﷲ ޔާމީން ނުކުމެވަޑައިގެން ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ކިޔުން އަމާޒު ކުރައްވައި އޭނާ ވިދާޅުވީ އެމަނިކުފާނު މިހާރު ހުންނެވީ ކުރެއްވި ހުވަޔާ ހިލާފުވެ ބުއްދި ފިލައި ގޮސްފައި ކަމަށެވެ.

ތަފާތު ވިސްނުންތައް އެއްފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"މިއީ އިދިކޮޅު ލީޑަރުން އަދި ވަކިން ހާއްސަކޮށް ރައީސް ނަޝީދާއި ރައިސް އިބޫ އަދި ރައީސް ޔާމީން އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު." ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި އޭނާ ހުންނެވީ އެ ތިން ރައީސުންނާއެކު އެ މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށެވެ 

އެގޮތުން މިހާރުން މިހާރަށް ނޫސްވެރިން މިނިވަން ކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތައް މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.