މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ނިންމައިފި

އެނގިފައިވާ ގޮތުގައި، ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ނިންމައި، އެކަމަށް ބޭނުންވާ ސޮއިވެސް މިހާރު ވަނީ ހަމަކޮށްފަ އެވެ.

މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް--ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރަން ނިންމައި، ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން މަސައްކަތް ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ނިންމައި، އެކަމަށް ބޭނުންވާ ސޮއިވެސް މިހާރު ވަނީ ހަމަކޮށްފަ އެވެ. 

މީގެ ކުރިންވެސް ނާޒިމް މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް އޭރު އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.

މިދިޔަ މަހު ނާޒިމް ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ވަނީ ވަކިކޮށްފަ އެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންނަވާ ޕީއެންސީގެ ވަޓްސްއަޕް ގުރޫޕަކުންވެސް ނާޒިމް ވަނީ މިއަދު ބޭރުކޮށްލާފަ އެވެ.

ނާޒިމްއާމެދު އޮތް ނުރުހުމާއެކު މިއަދު އޮތް މަޖިލީހުގެ ޖަލްސާއަށް ޕީއެންސީ މެންބަރުން ހާޒިރުވެފައެއް ނުވެ އެވެ. އެހެންވެ، ކޯރަމް ހަމަނުވާތީ ޖަލްސާ ޖެހުނީ ނިންމާލާށެވެ. ޖަލްސާއަށް ހާޒިރުވީ ރިޔާސަތުގައި އިންނެވި ނާޒިމްގެ އިތުރުން އެމްޑީޕީ މެންބަރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.