އެ އެލާޓުގައިވާ ގޮތުގައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ، ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައިމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
ވައި ގަދަވެ، ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް އެލާޓް ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.
އެ އެލާޓުގައިވާ ގޮތުގައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ، ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިހާރު ރާއްޖޭގެ މޫސުން ގޯސްވެފައި މިވަނީ ހުޅަނގު މޫސުން ފެށިފައިވާތީ އެވެ. ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި ފެންނާނީ މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާ އެވެ.
އެންމެ ފުރަތަމަ ހުޅަނގު މޫސުން ފެށެނީ ރާއްޖޭގެ ދެކުނަށެވެ. އޭފެ ފަހުން މެދުރާއްޖެތެރެއަށް ދަތުރުކޮށް، މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެން ދެ އެވެ.
މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެހެންވެ، މިހަފުތާ އެއްކޮށް އެ ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެފަ އެވެ. ކަނޑުދަތުފަތުރަށް ވެސް ވަނީ ހުރަސް އެޅިފަ އެވެ.