ތައި ހޮޓެލް އެސޯސިއޭޝަން ވަނީ މި ފީ އާއި އިތުރު ޓެކުހެއް ނަގާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ތައިލެންޑުގެ އެއާޕޯޓްތަކުން ނަގާ ފީތަކާއި، އަލަށް ތައާރަފުކުރަން އުޅޭ ފަތުރުވެރިކަމުގެ ޓެކްސްތަކާ މެދު އެ ގައުމުގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން ދެކޮޅު ހަދަން ފަށައިފި އެވެ.
ތައިލެންޑުގެ އެއާޕޯޓްސް އޮފް ތައިލެންޑް (އޭއޯޓީ) އިން ވަނީ އަންނަ އަންނަ މަހުގެ 10 އިން ފެށިގެން ބައިނަލްއަގުވާމީ ފަސިންޖަރުންގެ އަތުން ނަގާ ސާވިސް ޗާޖު 730 ބާތުން 1,120 ބާތަށް ބޮޑުކުރަން ނިންމާފަ އެވެ. ބޭރަށް ދަތުރުކުރާ ތައިލެންޑް މީހުންގެ އަތުން "ޑިޕާޗާ ޓެކްސް" އެއް ނެގުމަށް ދިރާސާ ކުރަމުންދާއިރު، ބޭރުގެ ފަތުރުވެރިންގެ އަތުން ނަގާ 300 ބާތުގެ "'ޓޫރިޒަމް ފީ"ބޭރަށް ދަތުރުކުރާ ތައިލެންޑް މީހުންގެ އަތުން 'ޑިޕާޗާ ޓެކްސް' އެއް ނެގުމަށް ދިރާސާ ކުރަމުންދާއިރު، ބޭރުގެ ފަތުރުވެރިންގެ އަތުން ނަގާ 300 ބާތުގެ 'ޓޫރިޒަމް ފީ' ވެސް އަދި އޮތީ ކެބިނެޓުގެ ނިންމުމަކަށް މަޑުޖެހިފައެވެ.
ތައި ހޮޓެލް އެސޯސިއޭޝަނާއި އެހެނިހެން ޖަމިއްޔާތަކުން ބުނާ ގޮތުގައި މި ފައިސާ ހަރަދު ކުރާނީ ކޮން ކަންތައްތަކަކަށް ކަން ސަރުކާރަށް ސާފުކޮށްދެވިފައެއް ނުވެއެވެ. އަދި އޭއޯޓީ އަކީ ބޮޑު ފައިދާއެއް ހޯދަމުންދާ ކުންފުންޏަކަށް ވާއިރު، އިތުރަށް ފީ ބޮޑުކުރުމަކީ މި ވަގުތަށް އެކަށީގެންވާ ކަމެއް ނޫން ކަމަށް އެ ފަރާތްތަކުން ދެކެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން ބޭނުންވަނީ ތައިލެންޑުގެ އެއާޕޯޓްތަކުގެ ފެންވަރު ސިންގަޕޫރުގެ ޗަންގީ އެއާޕޯޓް ފަދަ ސަރަހައްދީ އެހެން އެއާޕޯޓްތަކާ އެއްވަރަށް މަތިކުރުމަށެވެ. އަދި ކުރިއަށް އޮތް 3-5 އަހަރު ތެރޭގައި ދުނިޔޭގެ އެންމެ ރަނގަޅު 10 އެއާޕޯޓުގެ ތެރޭގައި ސުވަރުނަބޫމީ އެއާޕޯޓް ހިމެނުމަށް ވަނީ ގޮވާލާފަ އެވެ.