ޒާހިދު އިސްތިއުފަ ދެއްވުމުން، އީސީން ހުސްވި ގޮނޑިއަށް ކުރިމަތިލާން ހުޅުވާލައިފި

މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ތިނަކާ ހަމައަށް އޮންނާނެ

އީސީގެ މެންބަރުން--ފޮޓޯ: މިހާރު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

މި އިއުލާން ކުރީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މި މަހު 1 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސް އޮފީހުން ބުނީ އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ތިނަކާ ހަމައަށް އޮންނާނެ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުން ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު ރައީސް އިސްކަން ދެއްވަ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ އެވެ. އީސީގެ މެންބަރު ކަމަށް އާދެވޭނީ އިންޓަވިއު ކުރުމަށް ފަހު މަޖިލީހުގެ އަގުލަބިއްޔަތުން ރުހުން ދޭ ފަރާތަކަށެވެ.

ޒާހިދު އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އިންތިހާބުތަކާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ބޮޑެތި ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އެ ކޮމިޝަނުން އިތުރުކުރަން ނިންމީ ސަރުކާރުގެ ނުފޫޒުން ކަމަށް ވެސް ތުހުމަތު ކުރި އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.