މި މައްސަލާގައި ހުކުމްކޮށްފައި ވަނީ މާލެ، ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ 43، ގެ މައްޗަށެވެ.

އޮރިޔާން ކާޑު ހެއްދުމާއި ބްލެކްމެއިލް ކުރުމުގެ ކުށް ސާބިތުވި އަންހެނަކު ހަ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލާގައި ހުކުމްކޮށްފައި ވަނީ މާލެ، ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ 43، ގެ މައްޗަށެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ޖިންސީ ކުށުގެ ގާނޫނުގެ ދަށުން މަރްޔަމް ރިޔާސާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ހުކުމްކޮށްފައި ވަނީ މިމަހުގެ ތިންވަނަ ދުވަހު ކަމަށެވެ.
މިއީ ރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ނަތީޖާއަށް އިތުރުވި ބޮޅެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަނިޔާ ލިބުނު މީހުންގެ ރައްކާތެރިކަން ދެމެހެއްޓުމަށް މި މައްސަލައިގެ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ.