މި މައްސަލަ ސާބިތުވެފައި ވަނީ ގއ. ކަނޑުހުޅުދޫ، މުރަކަ، ޝަރަފުﷲ އިސްމާއިލް 43، ގެ މައްޗަށެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ، 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލަ ސާބިތުވެފައި ވަނީ ގއ. ކަނޑުހުޅުދޫ، މުރަކަ، ޝަރަފުﷲ އިސްމާއިލް 43، ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. މައްސަލާގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ޝަރަފުﷲގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ފުލުހުން ބުނެފައި ވަނީ މިއީ ރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ނަތީޖާއަށް އިތުރުވި ކަމެއް ކަމަށެވެ.
އަނިޔާ ލިބުނު ކުދިންގެ ރައްކާތެރިކަމާއި ކަރާމާތް ހިފެހެއްޓުމަށް މައްސަލައިގެ ތަފްސީލުތައް އާންމެއް ނުކުރެ އެވެ.