އާ ފޮރިން މިނިސްޓަރު އިރުތިޝާމްގެ ފުރަތަމަ ރަސްމީ ދަތުރު އިންޑިއާއަށް

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިރުތިޝާމްގެ މި ދަތުރަކީ، އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.

ފޮރިން މިނިސްޓަރު އިރުތިޝާމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ރަސްމީ ދަތުރެއްގައި އިންޑިއާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

މިއީ ފޮރިން މިނިސްޓަރުކަމާ މިދިޔަ މަހު ހަވާލުވެވަޑައިގެންނެވުމަށްފަހު، އިރުތިޝާމް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިރުތިޝާމްގެ މި ދަތުރަކީ، އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. 

ނިއުދިއްލީއަށް ކުރައްވާ މި ދަތުރުގައި، އިރުތިޝާމް، ޖައިޝަންކަރު އާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ރާއްޖެ އާއި އިންޑިއާ ދެމެދު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރައްވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، އިންޑިއާ އާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވި ނަމަވެސް، އެ ގުޅުން މިހާރު ވަނީ އަނެއްކާވެސް ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.

މިގޮތުން، ދެ ފަހަރެއްގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މިދިޔަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.