އެސްޓީއޯ ގްރޫޕުގެ ޖުމްލަ މުދާ އިތުރުވެ، ގްރޫޕް ފައިދާ މައްޗަށް

މިދިޔަ އަހަރު ތެލާއި ޝިޕިން ނޫން އެހެން ދާއިރާތަކުން ވަނީ ކުރިއެރުމެއް ލިބިފަ އެވެ. މިދިޔަ އަހަރު މުޅި ގްރޫޕަށް ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯގެ މާލީ ހިސާބުތަކާ ބެހޭ ގޮތުން އެމްޑީ ޕްރެޒެންޓޭޝަނެއް ދެއްވަނީ -- އެސްޓީއޯ

މިދިޔަ އަހަރު ނިމުނުއިރު، އެސްޓީއޯ ގްރޫޕުގެ އެސެޓް ނުވަތަ ޖުމްލަ މުދާ އިތުރުވެ، ގްރޫޕް ފައިދާ މައްޗަށް ގޮސްފައިވާ ކަމަށް ދައްކައިފި އެވެ. 

މިމަހުގެ 15 ވަނަ ދުވަހު އަހަރީ އާއްމު ޖަލްސާއަށް ތައްޔާރުވަމުންދާ އެސްޓީއޯއިން ނެރުނު މި އަހަރުގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރު އެސްޓީއޯ ގްރޫޕުގެ ފައިދާ ކުޑަ މިންވަރެއް ދަށްވިނަމަވެސް މައިގަނޑު ވިޔަފާރިތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އެސްޓީއޯ ގްރޫޕުގެ އާމްދަނީގެ ގޮތުގައި 16.6 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ކުރީ އަހަރު ލިބިފައިވަނީ 16.7 ބިލިއަން ރުފިޔާ އެވެ. 

އެސްޓީއޯ ގްރޫޕުގެ މާލީ އުސް އަލިތައް

  •  ޖުމްލަ އެސެޓް - މިދިޔަ އަހަރު 16,6 ބިލިއަން | ކުރި އަހަރު 16,7 ބިލިއަން
  •  ޖުމްލަ އާމްދަނީ - މިދިޔަ އަހަރު 1,176 ބިލިއަން | ކުރީ އަހަރު 1,188 ބިލިއަން
  •  ސާފު ފައިދާ - މިދިޔަ އަހަރު 785 މިލިއަން | ކުރީ އަހަރު 772 މިލިއަން ރުފިޔާ

މިދިޔަ އަހަރު އެސްޓީއޯ ގްރޫޕަށް ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ކުރީ އަހަރު 772 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 

އެސްޓީއޯއަށް އެންމެ ބޮޑަށް އާމްދަނީ އަބަދު ވެސް ލިބެނީ ތެލުންނެވެ. ތެލާއި ހަކަތައަކީ އެސްޓީއޯ ވިޔަފާރީގެ 70 ޕަސެންޓް ހިއްސާ ކުރާ ދާއިރާ އެވެ. ނަމަވެސް، ތެލުގެ އަގަށް އައި ބަދަލުތަކާއެކު މިދިޔަ އަހަރާ އަޅާކިޔާއިރު އާމްދަނީ ވަނީ %3 ދަށްވެފައެވެ މިދިޔަ އަހަރު ތެލުން 12,107 ބިލިއަން ރުފިޔާ ލިބުނުއިރު ކުރި އަހަރު ލިބުނީ 11,688 ބިލިއަން ރުފިޔާ އެވެ. 

މައިގަނޑު ވިޔަފާރީގެ ކުރިއެރުން (%)

  •  ވިޔަފާރި %20.3: - ދާއިރާ ވަނީ %8 ގެ ކުރިއެރުމެއް ހޯދާފަ
  •  އިމާރާތްކުރުމުގެ ސާމާނު - +%15 ކުރިއެރުން.
  •  ސިއްހީ ދާއިރާ - +%9 ކުރިއެރުން.
  •  އާންމު ވިޔަފާރި - +%3 ކުރިއެރުން.
  •  އިންޝުއަރެންސް - %5.2: މިއީ %15 ގެ ބޮޑު ކުރިއެރުން
  •  ޝިޕިން - %2.5: ބަނދަރުތަކުގެ ތޮއްޖެހުމާއި ހިންގުމުގެ ހަރަދު ބޮޑުވުން %5 ދަށް
  •  ގޭސް - ހަކަތައާއި ސިއްހީ ދާއިރާއަށް ބޭނުންވާ ގޭސް ފޯރުކޮށްދިނުމުގައި %12 ގެ ކުރިއެރުން

ކުންފުނީގެ ޖުމްލަ އާމްދަނީއަށް ބަލާއިރު، ތެލުގެ ދާއިރާއިން ލިބުނު އާމްދަނީ ކުޑަކޮށް ދަށްވި ނަމަވެސް، އިންޝުއަރެންސް އަދި ވިޔަފާރީގެ އެހެން ދާއިރާތައް ކުރިއަރަމުންދާތީ ކުންފުނީގެ އާމްދަނީ އެއްވަރެއްގައި ހިފެހެއްޓިފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.