ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގެ ބޭނުމަކީ، އެލްޖީއޭގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ އޮތޯރިޓީގެ މުވައްޒަފުންގެ ދަށަށް ބަދަލުކުރުން ކަމަށް ބުނެފައިވެ އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ދަށަށް ގެންނަން، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގެ ބޭނުމަކީ، އެލްޖީއޭގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ އޮތޯރިޓީގެ މުވައްޒަފުންގެ ދަށަށް ބަދަލުކުރުން ކަމަށް ބުނެފައިވެ އެވެ.
އެލްޖީއޭއަށް މުވައްޒަފުން ނެގުމާއި ވަކިކުރުމުގެ ޒިންމާ ގާނޫނުން މިހާރު މަތިކޮށްފައިވަނީ އެ އޮތޯރިޓީގެ ބޯޑަށެވެ.
ނަމަވެސް، ހަމަދު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ އެ ޒިންމާ ސީއެސްސީއަށް ބަދަލުކުރުމަށެވެ.
އަދި މި ބިލު ފާސްވެ، ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި، އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލުކުރުމުގެ އިދާރީ އޮނިގަނޑު އެކުލަވައިލަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން، ހަމަދު ލާމަރުކަޒީ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި، ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ ޒިންމާތައް ރަށު ކައުންސިލްތަކާ ހަވާލުކުރުމަށް ވެސް ވަނީ ހިމަނުއްވައިފަ އެވެ.
މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.