ވައި ގަދަވެ، ބޮޑު ސަރަހައްދެއް ވައިޓް އެލާޓްގައި

އެގޮތުން ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ނެރެފައިވާ އެލާޓުގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސް ދުވަހު ލޯންޗެއް ދުއްވާފައި ދަނީ --

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު، ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން އެލާޓް ނެރެފައި ވަނީ ވައި ގަދަވުމުގެ ސަބަބުން ކަނޑުތައް ވެސް ގަދަވެފައިވާތީ އެވެ.

އެގޮތުން ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ނެރެފައިވާ އެލާޓުގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މުޅި ދުވަހުގެ މޫސުމަށް ބަލާއިރު، އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

ވައިގަދަވެ، ކަނޑުތައް ގަދަކަމުން ސަލާމަތީ ފިޔަވަޅު އަޅަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން ފުޅާލު އެއްލާލަފާނެ ކަމަށް އެއްސުމާއި ގޭ ދޮރުމަތީ ވެލި ބަސްތާ ޖެއްސުމާއި އަދި ކަނޑު ދަތުރުކުރާއިރު މުވާސަލާތީ ނިޒާމު ފުރިހަމަކުރިކަން ކަށަވަރު ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.