މުޒާހަރާތަކުގެ މައްސަލައިގައި ޕީއެންއެފް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

އެހެންކަމުން އެ ޕާޓީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ކުރިއަށް އޮތް ތަނުގައި އެކަންކަން ތަކުރާރުވާނަމަ އެ އަމަލު ހިންގާ ބަޔަކަށްވެސް ފިޔަވަޅު އަޅާނެ ކަމަށް އީސީގެ ސިޓީގައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނޫސްވެރީންނާއި ބައްދަލު ކުރައްވަނީ -- ޔާމީން | ދަ މިރާ

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވަމުންދާ ކަމަށް ބުނެ، އިލެކްޝަން ކޮމިޝަން (އީސީ) އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށް، "އަދަދު" ނޫހުން ނެރެފައިވާ ޑޮކިއުމެންޓްރީއަކަށްފަހު، ޕީއެންއެފް އިން ކޮންމެ ރެޔަކު ބާއްވާ މުޒާހަރާތަކުގައި ދަނީ އެ ތުހުމަތުތައް ތަކުރާރުކޮށް، ސޯފާއެއްވެސް ބަހައްޓަމުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފުވަމުންދާތީ މީގެ ކުރިން އީސީން ވަނީ އެފަދަ އަމަލުތައް ނުކުރުމަށް އެ ޕާޓީއަށް އަންގައިފަ އެވެ.

ނަމަވެސް ތަކުރާރުކޮށް ގާނޫނާ ހިލާފުވަމުންދާތީ އީސީގެ ނައިބު ރައީސް އަބްދުއްރަހުމާން ސަލާހް ސޮއިކުރައްވައި އިއްޔެ ވަނީ އެޕާޓީގެ ލީޑަރު ޔާމީނަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ، ޕީއެންއެފް އިން ބާއްވާ އެއްވުންތަކަކީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، އެކޮމިޝަނުން ހޯދަން ޖެހޭ ހުއްދަ ނުހޯދައި ބާއްވާ އެއްވުންތަކެއް ކަމަށެވެ.

ތަކުރާރުކޮށް ގާނޫނާ ހިލާފުވެ، ސުލޫކާ ހިލާފު އަމަލުތައް އެ އެއްވުންތަކުން ފެންނާތީ އެކަންކަމަށް ޖަވާބުދާރީވާން އެދުމުން، އެކަންކަމަށް ޖަވާބުދާރީވެސް ވެފައި ނުވާ ކަމަށް އެސިޓީގައި ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން އެ ޕާޓީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ކުރިއަށް އޮތް ތަނުގައި އެކަންކަން ތަކުރާރުވާނަމަ އެ އަމަލު ހިންގާ ބަޔަކަށްވެސް ފިޔަވަޅު އަޅާނެ ކަމަށް އީސީގެ ސިޓީގައިވެ އެވެ.

އީސީއިން ޕީއެންއެފް ޖޫރިމަނާކޮށްފައިވާއިރު، އެ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.