އޭޑީއެޗްޑީ ބޭސް، މަނާ ލިސްޓުން އުނިކުރަން ރުހުންދީފި

މިތައިލް ފެނިޑޭޓް އެތެރެ ކުރުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން މަނާ ކަމެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އެޑީއެޗްޑީ) ހުންނަ ފަރާތްތަކަށް ދޭ ބޭހެއް ރާއްޖެ އެތެރެ ކުރުން މަނާ ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.

މަސްތުވަތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެ އަށް އެތެރެކުރުން މަނާ ތަކެތީގެ ތެރޭގައި މިތައިލް ފެނިޑޭޓް ހިމެނެ އެވެ. އެއީ އޭޑީއެޗްޑީ ހުންނަ ފަރާތްތަކަށް ބޭނުންވާ އެންމެ އަސާސީ އެއް ބޭހެވެ.

އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީއާ ގުޅިގެން ސަރުކާރުން ވަނީ އެ މައްސަލަ ހައްލު ކުރަން ނިންމަވައި މަޖިލީހަށް ފޮނުވައިފަ އެވެ.

އެކަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާ ކުރުމަށް ފަހު މިއަދު ނެގި ވޯޓުގައި އެ ބޭސް ލިސްޓުން އުނި ކުރުމަށް 51 މެންބަރުންގެ އިއްތިފާގުން ފާސް ކުރި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައިވާ ގޮތުން ސަރުކާރުން އެގޮތަށް ނިންމީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލާ މަޝްވަރާ ކުރުމަށް ފަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.