މި ދަރަންޏަކީ އިންޑިއާއިން 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ނަގާފައިވާ ދަރަންޏެކެވެ. މި ދަރަނި އަދާނުކޮށް ވަނީ ރޯލްއޯވާ ކުރަމުންނެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން 17، މާރިޗު 2019 އާއި އެ އަހަރުގެ ޖޫން 26، އަދި އޮގަސްޓު 1، ގައި ނަގާފައިވާ ދަރަނީގެ ބޮޑުބައެއް ދައްކާފައިވާ ކަމަށެވެ.
މީގެ ތަފުސީލް ދެއްވަމުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ނެގި 150 މިލިއަން ދަރަނީގެ ތެރެއިން 2025 ގައި 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، މިއަދު ވަނީ އިތުރު 50 މިލިއަން ޑޮލަރު ހަލާސްކޮށްފަ އެވެ.
"މި ދަަރަނި ކުރީ ސަރުކާރުން ދިޔައީ ހަލާސްނުކޮށް ރޯލްއޯވާ ކުރަމުން. މީގެ ބާކީ 50 މިލިއަން ޑޮލަރު 17 ސެޕްޓެމްބަރުގައި ދައްކާނެ. މި ސަރުކާރުން ދަނީ ޑެޓްޓްރެޕް [ދަރަނީގެ ދަންތުރަ] ތަކުން ސަލާމަތް ކުރަން މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު ވިދާޅުވީ މިދިޔަ 45 ދުވަހަށް ބަލާއިރު ޖުމްލަ 974 މިލިއަން ޑޮލަރުގެ ދަރަނި ދައްކާ ވަނީ ހަލާސްކޮށްފަ އެވެ.