އިރާގުގައި އިސްރާއިލުން ހިންގި މަރުކަޒު ފަޅާ އަރުވާލީ ބަކަރި ހުއިހައްޕާ ދަނޑުވެރިން

ސިއްރު މި މަރުކަޒު ފަޅާ އަރުވާލީ ކަންބަޅި ހުއިހައްޕާ ދަނޑުވެރިންގެ ބައެކެވެ. މިކަން ތަހުގީގު ކުރަން ފެށުމުން އިސްރާއިލުން ވަނީ މި މަރުކަޒަށް ބޮން އަޅާ އެތަން ނައްތާލާފަ އެވެ.

އިރާގުގެ އަންބާރު ޕްރޮވިންސްގެ ސަހަރާގައި ހިންގި މި މަރުކަޒު އިސްރާއިލް ވަނީ ފަޅާ އެރުމުން ބޮން އަޅާ ހަލާކުކޮށްލާފަ -- ރޮއިޓާސް

އިރާގާއި އީރާނާ ދެމެދު ކުރިމަތިލުންތައް ފެށުމުގެ ކުރިން، އިރާގުގެ އަންބާރު ޕްރޮވިންސްގެ ސަހަރާ ސަރަހައްދުގައި އިޒްރޭލުން ސިއްރު އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވާކަން ފަޅާ އަރައިިފި އެވެ. 

އެމެރިކާގެ މަސްދަރުތަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ މިދިޔަ ފެބްރުއަރީ މަހު ގާއިމުކުރި މި މަރުކަޒަކީ އީރާނުގެ ތެރޭގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އީރާނު ތެރެއަށް ވެއްޓޭ މަތިންދާ ބޯޓުތަކުގެ ޕައިލެޓުން ސަލާމަތްކުރުމަށް ހާއްސަކޮށްގެން ހަދާފައިވާ ތަނެކެވެ

މި ސިއްރު މަރުކަޒު ފަޅާއެރީ އިރާގުގެ ސަލާމަތީ ބާރުތަކަކަށް ނޫނެވެ. އެ ސަރަހައްދުގައި ކަންބަޅި ހުއިހައްޕަން އުޅުނު އާންމު ފަރާތަކަށް، އެތަނުގައި ހެލިކޮޕްޓަރުތައް އުޅޭ މަންޒަރާއި ބަޑީގެ އަޑު އިވިގެން ރިޕޯޓްކުރުމާ ގުޅިގެންނެވެ. އިރާގުގެ ސިފައިން އެތަން ތަހުގީގު ކުރަން ފެށުމާއެކު، އިޒްރޭލުން ވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީ އެތަން ނައްތާލާފަ އެވެ. މި ހަމަލާގައި އިރާގުގެ ސިފައިންގެ މީހަކު ވެސް މަރުވެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން އިރާގުގެ އަސްކަރިއްޔާ އިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިރާގުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ކޮމާންޑަރު ގާއިސް އަލް މުހައްމަދީ ވިދާޅުވީ، މިއީ އެއްވެސް ކޯޑިނޭޝަނެއް ނެތި ހިންގާފައިވާ ނުރައްކާތެރި އަމަލެއް ކަމަށެވެ. އަދި އިރާގުގެ އެހެން އޮފިޝަލަކު ފާހަގަކުރެއްވި ގޮތުގައި، މި މަރުކަޒަކީ އިރާގުގެ ބާރުތަކަށް ނޭނގި، ވަރަށް ފުރިހަމައަށް ރޭވިގެން ހިންގަމުންދިޔަ ތަނެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.