ސައޫދީ އަރަމްކޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާ ވަނީ 33.6 ބިލިއަން ޑޮލަރަށް އަރާފަ އެވެ.

މެދުއިރުމަތީގެ ހަނގުރާމާއެކު ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުވެސް، ސައޫދީ އަރާމްކޯ އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ 26 ޕަސެންޓް އިތުރުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި ކަމަށްވާ ސައޫދީ އަރަމްކޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާ ވަނީ 33.6 ބިލިއަން ޑޮލަރަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 26.6 ބިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، މިއީ އެނަލިސްޓުން ލަފާކުރި 31.2 ބިލިއަން ޑޮލަރަށްވުރެ ވެސް މަތީ އަދަދެކެވެ.
މި ފައިދާ އިތުރުވި ސަބަބަކީ އީރާނުން ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް ނަމަވެސް، ސައޫދީގެ "އީސްޓް-ވެސްޓް ޕައިޕްލައިން" ފުރިހަމަ ކެޕޭސިޓީގައި (ދުވާލަކު 7 މިލިއަން ފީފާ) ބޭނުންކުރަން ފެށުމަކީ ފައިދާ އިތުރުވުމެވެ. އަދި
ބައިނަލްއަގުވާމީ ބާޒާރުގައި ބްރެންޓް ކުރޫޑްގެ އަގު ވަނީ ފުރަތަމަ ކުއާޓަރުގައި 95 ޕަސެންޓް އުފުލިފަ އެވެ. އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ބްރެންޓް ކުރޫޑް ފީފާއެއްގެ އަގު ހުރީ 105.82 ޑޮލަރުގަ އެވެ.