މިދިޔަ އަހަރު ލޯނުގެ ފައިސާ އެންމެ ގިނައިން ދޫކުރި އިންޑިއާއިން

އިންޑިއާގެ ލޯނުން ހަރަދުކޮށްފައިވަނީ ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއު (ތިލަމާލެ ބްރިޖް) ގެ އިތުރުން ސަރުކާރުގެ ގެރެންޓީގެ ދަށުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މަލްޓި-ސެކްޓާ ލައިން އޮފް ކްރެޑިޓްގެ މަސައްކަތް ތަކަށެވެ.

ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީ ހަނދާނީ ހަދިޔާއެއް ބަދަލު ކުރަނީ -- ރައީސް އޮފީސް

ރާއްޖެއަށް ހަމަ ޖެހިފައިވާ ލޯނުގެ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް މިދިޔަ އަހަރު ދޫކޮށްފައިވަނީ އިންޑިއާގެ އެކްސްޕޯޓް-އިމްޕޯޓް (އެގްޒިމް) އިން ކަމަށް ދައްކައިފި އެވެ. 

ފިނޭންސް މިނިސްޓްރީން އާއްމުކުރި މިދިޔަ އަހަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން އިންޑިއާގެ އެގްޒިމް ބޭންކެވެ. އެ ބޭންކުން މިދިޔަ އަހަރު ޖުމްލަ 2,435.1 މިލިއަން ރުފިޔާ ރާއްޖެއަށް ދޫކޮށްފައިވެ އެވެ. މިދިޔަ އަހަރު ބޭރުގެ ކްރެޑިޓަރުންގެ އަތުން ލިބުނު ޖުމްލަ ފައިސާގެ ތެރެއިން % 42  ހިއްސާކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. 

މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރި ދާއިރާތައް

  • ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއު (ތިލަމާލެ ބްރިޖް) އަށް
  • ސަރުކާރުގެ ގެރެންޓީގެ ދަށުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް
  • މަލްޓި-ސެކްޓާ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ތަރައްގީގެ މަސައްކަތްތަކަށް

ދެވަނައަށް އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް އިންނެވެ. އެ ފަންޑުގެ އެހީ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (VIA) ތަރައްގީކުރުމާއި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހިންގާ މަޝްރޫއުތަކަށެވެ. 

ގިނައިން ލޯނު ދިން ދާއިރާތައް

  •  އިންޑިއާ އެގްޒިމް ބޭންކް - 2,435.1 ބިލިއަން
  •  ސައުދީ ފަންޑް - 1,129 ބިލިއަން
  •  އައިޓީ.އެފްސީ - 709 މިލިއަން
  •  އަބޫދާބީ ފަންޑް - 611.1 މިލިއަން
  •  ޗައިނާ އެގްޒިމް ބޭންކު - 532.9 މިލިއަން

ސަރުކާރުން މިދިޔަ އަހަރުގެ ބޮރޮއިން ޕްލޭން އެކުލަވާލީ 16,841.1 ބިލިއަން ރުފިޔާ ހޯދުމަށް އަމާޒުކޮށްގެންނެވެ. ނަމަވެސް، އަހަރު ނިމުނުއިރު އަމަލީގޮތުން  ހޯދާފައިވަނީ ޖުމްލަ 12,335.3 ބލިއަން ރުފިޔާ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިމެނެނީ ޑޮމެސްޓިކް ބޮންޑެވެ. އެއީ 5,875.9 ބިލިއަން ރުފިޔާ އެވެ. އަދި ޓްރެޜަރީ ބިލް  ނުވަތަ ކުރު މުއްދަތުގެ ސެކިއުރިޓީޒްގެ ގޮތުގައި 5,208.0 ބިލިއަން ރުފިޔާ (42.2%) ހޯދާފައިވެއެވެ. މީގެ އިތުރުން ބޭރުގެ ލޯނުގެ ގޮތުގައި ބަޖެޓް ސަޕޯޓަށް 1,251.4 ބިލިއަން ރުފިޔާ ހޯދާފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.