ފިޔާޒާއި ހަސަނަށް ދައުވާކޮށް، 'އައިޝާ' ޑޮކިއުމެންޓްރީ އާއްމުނުކުރަން އަމުރެއް

އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ފިޔާޒް އަދި ހަސަންގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ ގަޒުފު ކުރުމުގެ ކުށުގެ ދައުވާ އެވެ.

"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެނޫހުގެ އެޑިޓަރު ހަސަން މުހައްމަދު -- ފޮޓޯ: ރާއްޖެ އެމްވީ

"އަދަދު" ނޫހުން އާންމުކޮށްފައިވާ "އައިޝާ" ނަމަކަށް ކިޔާ ޑޮކިއުމެންޓްރީއަކާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެނޫހުގެ އެޑިޓަރު ހަސަން މުހައްމަދަށް ދައުވާކޮށް، އެޑޮކިއުމެންޓްރީ އާންމު ނުކުރުމަށް އަންގައި އަމުރެއް ނެރެފި އެވެ.

"އަދަދު" ނޫހުން މިދިޔަ މާޗު 28 ވަނަ ދުވަހު ނެރުނު "އައިޝާ" ނަމަކަށް ކިޔާ އެ ޑޮކިއުމެންޓްރީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފްކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީއެކެވެ. 

އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ފިޔާޒް އަދި ހަސަންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ ގަޒުފު ކުރުމުގެ ކުށުގެ ދައުވާ އެވެ. 

ދައުވާ ކުރި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ރައީސް މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާގޮތަށް "އައިޝާ" ނަމަކަށް ކިޔާ ޑޮކިއުމެންޓްރީއެއް ހަދައި އާންމުކޮށްފައިވުމެވެ.

ދައުވާ ފޯމާއެކު، އެ ޑޮއިކުމެންޓްރީ އާންމުކުރުން ހުއްޓުވުމުގެ އަމުރަކަށްވެސް ޕީޖީ އޮފީހުން އެދިފައިވެ އެވެ. 

އެ އޮފީހުން އެދުނު ގޮތަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ދައުވާ އުފުލާ ހާލަތުގައި ދައުވާ ލިބޭ މީހާއާއި ކުށުގެ ޝިކާރައަކަށްވީ މީހާގެވެސް ހައްގުތަކެއްވާ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީން ނަމާ އަބުރު ރައްކާތެރިކުރެވިފައި އޮތުމަކީ ކޮންމެ މީހަކަށް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ.

އެދެފަރާތުގެ ހައްގު ކަށަވަރު ނުކުރެވޭނަމަ އިޔާދަނުކުރެވޭފަދަ ގެއްލުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އަމުރުގައިވެ އެވެ.

އެހެންކަމުން ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީއަތަށް ހުށަހަޅާފައިވާ ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވެފައިވާ މީހާ (ރައީސް މުއިއްޒު)ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށްފައިވެ އެވެ.

މި މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދާނީ ސިއްރުކޮށްގެން ކަމަށްވެސް ގާޒީ މުޒައްމިލު ނާސިރު ނެރުއްވި އަމުރުން އެނގެން އޮވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.