ސެމްސަންގުން ޗައިނާގެ ހޯމް އެޕްލަޔަންސް އަދި ޓީވީ މާކެޓް ދޫކޮށްލަނީ

މި ނިންމުން ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ ޗައިނާގެ އަމިއްލަ ބްރޭންޑްތަކާ ވާދަކުރުމުގައި ކުރިމަތިވި ގޮންޖެހުންތަކެވެ.

ސެމްސަންގް އިން ވަނީ ކޮރެއާގެ މާކެޓުން ނުކުނަން ނިންމާފަ -- ރޮއިޓާސް ފޮޓޯ

ސެމްސަންގް އިލެކްޓްރޯނިކްސް އިން ޗައިނާގެ ހޯމް އެޕްލަޔަންސް އަދި ޓީވީ މާކެޓުން ވަކިވާން ނިންމައިފި ކަމަށް އެ ކުންފުނިން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

މި ނިންމުމާ ގުޅޭގޮތުން ޓެކް ދާއިރާގެ މަޢުލޫމާތު ފަތުރާ "އައިސް ޔުނިވާސް" އާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ސެމްސަންގްގެ ވެބްސައިޓުގައި މިހާރު ވަނީ ޗައިނާގެ މައި ސަރަހައްދުތަކުގައި ޓީވީ އާއި ޑިސްޕްލޭ އުފެއްދުންތައް ހިމެނޭހެން އެއްވެސް ހޯމް އެޕްލަޔަންސެއް ނުވިއްކާނެކަން ހާމަކޮށްފަ އެވެ. ނަމަވެސް، ޗައިނާގެ ކޮންސިއުމާ ޕްރޮޓެކްޝަން ގަވާއިދުތަކާ އެއްގޮތަށް، މިހާރު ވިއްކާފައިވާ ތަކެއްޗަށް ދޭންޖެހޭ އާފްޓަ-ސޭލްސް ސާވިސްތައް ކުރިއަށްދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މީގެ އިތުރުން މި ނިންމުން ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ ޗައިނާގެ އަމިއްލަ ބްރޭންޑްތަކާ ވާދަކުރުމުގައި ކުރިމަތިވި ގޮންޖެހުންތަކެވެ. ޗައިނާގެ ބްރޭންޑް ތަކުން އަގުހެޔޮކޮށް ތަކެތި ވިއްކުމުގެ އިތުރުން، ޕްރީމިއަމް ޓެކްނޮލޮޖީގެ ރޭހުގައި ސެމްސަންގާ އެއްވަރަށް ފައި ހަމަކުރުމަކީ ސެމްސަންގްގެ މާކެޓް ހިއްސާ ވަރަށް ބޮޑަށް ދަށަށްދިޔަ ސަބަބެކެވެ. މީގެ އިތުރުން، އިމްޕޯޓް ޓެރިފް ބޮޑުވުމާއި ކޮންސިއުމަރުންގެ ޑިމާންޑް ދަށްވުމަކީ ވެސް ފައިދާ ދަށްވި ސަބަބުތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ސެމްސަންގުން ދެން ޗައިނާގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސްމާޓް ފޯން އަދި ސެމީކޮންޑަކްޓާ ވިޔަފާރި އަށެވެ. އެގޮތުން ޗައިނާގެ މާކެޓަށް ހާއްސަކޮށްގެން އުފައްދާފައިވާ ފޯނުތަކާއި، ލޯކަލް ކަސްޓަމަރުންނަށް ކަމުދާނެ ސޮފްޓްވެއަރ ފީޗާތައް ތަރައްގީ ކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.