އެ ކެޓެގަރީގެ ޝަރިތުތަކަށް ގެނައި އިސްލާހުގައި ވަނީ ފޯމު ފުރުމަށް ދަތިވާ ފަރާތްތަކާއި 18 އަހަރު ފުރިފައި ނުވާ ފަރާތްތަކުގެ ބަދަލުގައި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން ފްލެޓަށް އެދި ހުށަހަޅޭނެ ކަމަށެވެ.

ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް އުސޫލަށް ގެނައި އިސްލާހުގެ ދަށުން މިމަހުގެ 20 ވަނަ ދުވަހު ކުރިމަތިލާން ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
"މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު" ގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވައިލީ މިދިޔަ ޖެނުވަރީ މަހުގެ 18 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ އުސޫލަށް އެކި އިސްލާހުތައް ގެނެސް، ބައެއް އާ ކެޓެގަރީތައް ވަނީ ހިމަނާފަ އެވެ.
އޭގެތެރެއިން އިސްލާހު ގެނައި އެއް ކެޓެގަރީއަކީ 'ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ' އެވެ. އެ ކެޓެގަރީގެ ޝަރިތުތަކަށް ގެނައި އިސްލާހުގައި ވަނީ ފޯމު ފުރުމަށް ދަތިވާ ފަރާތްތަކާއި 18 އަހަރު ފުރިފައި ނުވާ ފަރާތްތަކުގެ ބަދަލުގައި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން ފްލެޓަށް އެދި ހުށަހަޅޭނެ ކަމަށެވެ.
އެ އިސްލާހުގެ ދަށުން މިމަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ފްލެޓާއޮ ގޯއްޗަށް ކުރިމަތިލާން ހުޅުވައިލާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.