މިދިޔަ އަހަރު އެނުއަލް ޑެޓް ރިޕޯޓުގައިވާ ގޮތުން ބަޖެޓް ފޫބެއްދުމަށާއި ތަރައްގީގެ މަޝްރޫއުތަކަށް ޖުމްލަ 12.6 ބިލިއަން ރުފިޔާގެ އާ ފައިނޭންސިންގް ހޯދާފައިވެ އެވެ. މީގެ ބޮޑު ބައެއް ހޯދާފައިވަނީ އެތެރެއިންނެވެ.

މިދިޔަ އަހަރު ދަރަނީގެ ގޮތުގައި 16.8 ބިލިއަން ރުފިޔާ ހޯދަން ކަނޑައެޅި ނަމަވެސް، ހޯދިފައިވަނީ 12.3 ބިލިއަން ރުފިޔާ ކަމަށް މިދިޔަ އަހަރުގެ މާލީ ރިޕޯޓުން ދައްކައިިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުފައިވާ މިދިޔަ އަހަރު އެނުއަލް ޑެޓް ރިޕޯޓުގައިވާ ގޮތުން ބަޖެޓް ފޫބެއްދުމަށާއި ތަރައްގީގެ މަޝްރޫއުތަކަށް ޖުމްލަ 12.6 ބިލިއަން ރުފިޔާގެ އާ ފައިނޭންސިންގް ހޯދާފައިވެ އެވެ. މިދިޔަ އަހަރު ސޮއިކުރި ފައިނޭންސިންގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ އެތެރޭގެ ބާޒާރުން ހޯދި ސެކިއުރިޓީޒް ނުވަތަ ޑޮމެސްޓިކް ސެކިއުރިޓީޒް އެވެ. މިދިޔަ އަހަރު އެތެއިން 11.1 ބިލިއަން ރުފިޔާ ހޯދާފައިވެ އެވެ. އަދި ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައި ލިބުނީ 1.2 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ އަހަރު ދަރަނި އަދާކުރުމަށް ޖުމްލަ 15,936.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 154,827.8 މިލިއަން ރުފިޔާގަ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ ޖީޑީޕީގެ % 133.1 ޕަސެންޓް އެވެ. ދަރަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ އެތެރޭގެ ބާޒާރުން ނަގާފައިވާ ދަރަންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އަހަރު ދަރަނީގެ ގޮތުގައި ހޯދި ފައިސާ އެންމެ ބޮޑަށް ހޭދަކޮށްފައިވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫއަށް ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއާއެކު މިދިޔަ އަހަރު ވީއައިއޭގެ އާ ޓާމިނަލް ވަނީ ހުޅުވާފަ އެވެ. މީގެ އިތުރުން ބްރިޖްގެ މަސައްކަތަށް ބޭނުންވާ ފައިސާވެސް މި އަހަރުގެ ތެރޭގައި ދޫކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ބަޖެޓުން މި ބަޔަކަށް 814.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
މިދިޔަ އަހަރުގެ ބަޖެޓުން ބޯހިޔާވަހިކަމާއި އާބަން ޑިވެލޮޕްމަންޓުގެ މަޝްރޫއުތަކަށް ޖުމްލަ 387.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މީގެ ތެރޭގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް އިން ދޫކުރި ފައިސާ ހިމެނެ އެވެ. އަދި ރަށްރަށުގެ ރަށްރަށުގެ އުމްރާނީ ތަރައްގީއާ ގުޅުންހުރި އެކި ދާއިރާތަކުގެ މަޝްރޫއުތަކަށް 500.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.