ބަނޑޭރި ކޮށީގައި ސިފައިންނަށް ބޮޑު ހައުސިން މަޝްރޫއެއް ހިންގަނީ

މުޅި ބަނޑޭރިކޮށި ސަރަހައްދު އެއްކޮށް ހިމެނޭހެން ޒަމާނީ ފެންވަރުގެ ހައުސިން މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށާއި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުތެރޭ ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފައިންގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ --

ސިފައިންނަށް ހާއްސަކޮށް ބަނޑޭރިކޮށި ހިމެނޭ ސަރަހައްދުގައި ވަރަށް އަވަހަށް ހައުސިންގެ ބޮޑު މަޝްރޫއުއެއް ފައްޓަވާނެ ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް އަސާސީ އެއް ހާއްގަކަށްވާއިރު، ދިވެހި ސިފައިންނަށް ވެސް މި ހައްގު ފުރިހަމަވާންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ސިފައިންނާއި އެ މީހުންގެ އާއިލާތައް ދިރިއުޅެމުން އަންނަ ބަނޑޭރިކޮށި ސަރަހައްދަށް އެއްވެސް ސަރުކާރަކުން އެއްވެސް ތަރައްގީއެއް ނުގެންނަތާ ޒަމާންތަކެއް ގޮސްފި ކަމަށެވެ. 

"ބަނޑޭރި ކޮށި އެހެން އޮންނަތާ، އަޅާނުލާ އޮންނަތާ ވަރަށް ދުވަސްވެއްޖެ. އެހެންވީމަ އެތަން ކަމާބެހޭ ވުޒާރާއިން ހައުސިން މިނިސްޓްރީން މަސައްކަތްތަކެއް ވަނީ ފަށާފައި. އެތަނަކީ ސާވިސްގައި ދެމި ހުރިހާ ހިނދަކު ކަނޑައެޅިފައިވާ ވަކި ސިޔާސަތެއްގެ ދަށުން ބޯހިޔާވަހިކަން ލިބޭ ތަނަކަށްވާއިރު، ތަނުގެ ބޭނުން ހިފާ އާއިލާތަކާއި ސިފައިން މަދު،" އެ މަނިކުފާނު ވިދާޅުވި އެވެ.
 
އެހެންކަމުން، މުޅި ބަނޑޭރިކޮށި ސަރަހައްދު އެއްކޮށް ހިމެނޭހެން ޒަމާނީ ފެންވަރުގެ ހައުސިން މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށާއި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުތެރޭ ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ސަރުކާރުގެ ހައުސިންގް ސްކީމްތަކުގެ ތެރެއިން، އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ އަދަދު އިތުރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައި ވަނީ ސިފައިންގެ ހިދުމަތުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ހިދުމަތް ކުރަމުންދާ ސިފައިންނަށް، އެއް ރޭންކުގައި ވަކި މުއްދަތެއް ވިއަސް، މިހާރު އޮތް ގަވާއިދުގެ ތެރެއިން ލިމިޓޭޝަން ހަމަވާ ގޮތަށް އޮތް އޮތުން ބަދަލުކުރުމެވެ. އެގޮތުން އެފަރާތްތަކަށް ސިފައިންގެ ހިދުމަތުގައި ދެމި ހުރެވޭނެ ގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

އަދި ސިފައިންގެ ކޮންމެ މީހެއްގެ އާއިލާ ދިރިއުޅޭ ސަރަހައްދު ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުސަތު ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.